Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިސްޓިއާނޯ ރޮނާލްޑޯ

ސައުދީ ސުޕަރ ލީގު: ރޮނަލްޑޯ ކުޅެމުން އަންނަ އަލްނަސްރަށް ލިބުނީ ލީގުގެ ދެވަނަ

ރެކޯޑް އަގަކަށް ސައުދީ ސުޕަރ ލީގުގަށް ބަދަލުވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭ ހިމެނޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ އަލް ނަސްރު ރޭ ކުޅުނު މެޗުން އެއްވަރުވުމާއި ގުޅިގެން އެޓީމަށް ލިބުނީ ލީގުގެ ދެވަނަ އެވެ.

މި ލީގުގެ އެއްވަނަ ހޯދީ އަލް އިއްތިހާދުން ނެވެ. ރޭ އަލް ފެއިހާ އާއި ދެކޮޅަށް ކުޅުނު މި މެޗު އަލް އިއްތިހާދުން ކާމިޔާބުކޮށްފައި ވަނި 0-3ގެ ނަތީޖާއަކުން ނެވެ.

ރޮނަލްޑޯ ކުޅެމުން އަންނަ އަލް ނަސްރު އާއި އަލް އިއްތިފާގް ބައްދަލު ކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އަލް ނަސްރުން ސައުދީ ލީގުގެ ދެވަނައިގައި ނިންމާލި އިރު، ދެން ވާދަ ކުރި ހުރިހާ މުބާރާތަކުންވެސް އެޓީމް ވަނީ ކަޓައިފައެވެ.

ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތް އަލް އިއްތިހާދު ލީގު ކާމިޔާބު ކުރި މިއީ 9 ވަނަ ފަހަރެވެ. މިހާތަނަށް މި ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައި ވަނީ އަލް ހިލާލް އިންނެވެ. އެޓީމުން ވަނީ 18 ފަހަރު ލީގު ކާމިޔާބުކޮށްފައެވެ.

މި ލިއުމާއި ގުޅޭ