ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ މޮޓޯ އަކީ ލިބެން އޮތް އަގެއްގައި ގަނެ ވިއްކުންކަމަށް ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމްގެ ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމްގެ ސަރުކާރުގެ މޮޓޯއަކީ ލިބެން އޮތް އަގަކަށް ގަނެވިއްކުންކަމަށާއި މިހާރު ދިވެހިރާއްޖޭގެ ކަނޑާއި ކޮސޯވޯގެ މިނިވަންކަން ވެސް ވިއްކާލާފައިވާކަމަށެވެ.
ޖަމީލް ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ގަތީ ބާދަގަނޑަށް ވެފައި ހުރި މަސްބޯޓުކަމަށެވެ.
އޭނާ މިފަދައިން ވިދާޅުވީ އެތައް މިލިއަން ޑޮލަރެއް ލޯނުގެ ގޮތުގައި ނަގައިގެން މި މަހު މިފްކޯއިން އަލަށް ގެނައި މަސްކިރާ ބޯޓު "ޖަޒީރާ 103"އިން މަސްކިރަން ފެށިތާ ކުޑަ ހިނދުކޮޅެއް ތެރޭގައި ބޯޓުގައި ހުރި މައްސަލަތަކުގެ ސަބަބުން މަސްކިރުން މެދުކަނޑައިލަންޖެހުމާއި ގުޅިގެންނެވެ.
މި މައްސަލަ ފާހަގަކުރެއްވުމުގެ އިތުރުން ޖަމީލް ވިދާޅުވީ މުއްދަތު ހަމަވާން ކައިރިވެރިފައި ތިބި މަޖިލިސް މެންބަރުންވެސް މި ސަރުކާރުން ގަންނަމުން އަންނަކަމަށެވެ.
އޭނާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އެޕާޓުމެންޓަށް ދޭމަތިން ވެރިކަންކުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމާ އިޝާރާތްކުރައްވައެވެ.
މިކަންކަން ފާހަގަކުރައްވާ ޖަމީލް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.