Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ ޒުވާނުން އިތުރު ފަރުވާއަށް މާލެއަށް!

ފުވައްމުލަކު ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން އިތުރު ފަރުވާއަށް މާލެ ފޮނުވައިފިއެވެ.

ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ރޭ 23:25 ހާއިރު ދެ ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަދި 19 އަހަރުގެ ދެ ޒުވާނުންނަށެވެ.

އެ ދެ ޒުވާނުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. ނަމަވެސް އެ ހޮސްޕިޓަލުން "ދިޔަރެސް"އަށް މައުލޫމާތު ދީފައިވާ ގޮތުގައި އިތުރު ފަރުވާއަށް މިހާރު ދެ ޒުވާނުންވެސް ވަނީ އައިޖީއެމްއެޗްއަށް ފޮނުވާލާފައެވެ.

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ލިއުމާއި ގުޅޭ