Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

އަޟްހާ އީދުގައި ކަތިލާ 100 ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަޟްޙާ އީދުގެ މުނާސަބަތުގައި ކަތިލުމަށް ހަމަޖެހިފައިވާ ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެ އިދާރާއިން އިއުލާންކޮށްފި އެވެ.

މި އަހަރުގެ އަޟްހާ އީދުގައި 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
އިއްޔެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ 100 ބަކަރި ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ބަކަރި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރިންވެސް ސިޓީ ކައުންސިލުން އިއުލާނުކުރި ނަމަވެސް މައުލޫމާތަށް ބަދަލު އައުމާ ގުޅިގެން ކުރިން ކުރި އިއުލާނު ވަނީ ބާތިލުކޮށްފަ އެވެ.

އާ އިއުލާނުގައި ވާގޮތުން އެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮންނާނީ މާދަމާ 12:00 ގަ އެވެ. އަދި އަގު ހުށަހެޅުން އޮންނާނީ އަންނަ މަހު 4 ގަ އެވެ.

ކައުންސިލުން ބުނި ގޮތުގައި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ނުވަތަ، 3025487 ނަންބަރަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އެވެ.
މި ލިއުމާއި ގުޅޭ