Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

މަހިބަދޫގެ ޕެލޭ ސްޓޭޑިއަމްގައި ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވެއްޖެ

ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕެލޭގެ ނަމުގައި މަހިބަދޫގައި މިއަދު ހުޅުވި ސްޓޭޑިއަމްގައި ކުޅުނު މެޗު، އދ. މަހިބަދޫ އިން ހޮވާލެވުނު ޓީމާ ވާދަކޮށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު 5-0 އިން މޮޅުވެއްޖެ އެވެ.

ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޕެލޭ މަރުވުމުން، އޭނާގެ ހަނދާނުގައި ކޮންމެ ގައުމެއްގައި ޕެލޭ ސްޓޭޑިއަމްގެ ނަމުގައި ދަނޑެއް ބާއްވަން ފީފާ އިން ނިންމި އެވެ. މި ނިންމުމާ އެއްގޮތަށް އެކި ގައުމުތަކުގައި މިހާރު އަންނަނީ ޕެލޭ ސްޓޭޑިއަމް ހުޅުވަމުންނެވެ.

ޕެލޭ ސްޓޭޑިއަމްގެ ނަން މަހިބަދޫގައި އޮންނަ ޓާފް ފުޓްބޯޅަ ދަނޑަށް ދިންއިރު، އެ ރަށަކީ ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިން ނެރެދީފައިވާ ރަށެކެވެ. މިގޮތުން އެރަށުން އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިއަކީ ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުރީގެ މަޝްހޫރު ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. މިހާރު ގައުމީ ޓީމުގެ ކެޕްޓަން އަލީ ސަމޫހް (ސަމުއްޓެ) ވެސް ނިސްބަތްވަނީ މަހިބަދޫ އަށެވެ. އިމްރާން އާއި ސަމުއްޓެގެ އިތުރުން ކުރީގެ އެއް ވަނަ ފޯވާޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އަކީ ވެސް މަހިބަދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މެމްބަރު ތޯރިގު އެރަށަށް ވަޑައިގަތެވެ.

މަހިބަދޫ އަށް ދަތުރުކުރި ގައުމީ ޓީމުގައި ތިބީ އަންނަ ޖޫން މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އެކުލަވާލި ޕްރިމިލިނަރީ ސްކޮޑުގެ ކުޅުންތެރިންނެވެ.

ފަސޭހައިން ގައުމީ ޓީމު ކާމިޔާބުކުރި މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހި އެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހީމް އައިސަމް އަދި އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ވަނަ ހާފުގައި ގައުމީ ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހައިޝަމް ހަސަން އާއި މުހައްމަދު ޝަޚާއު އެވެ.

މި ލިއުމާއި ގުޅޭ