Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަމަނުޖެހުން

ހިޔާ ފުލެޓެއްގައި ކުޑަކުއްޖަކަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ތެރެއިން ޓަވަރެއްގައި ކުޑަކުއްޖަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ހިޔާ ފުލެޓެއްގައި މާރާމާރީއެއް ހިންގައި ކުއްޖަކު ޒަޚަމްވެގެން އެކަން ފުލުހުންގެ ސަމާލުކަމަށް އައީ މިއަދު ހަވީރުކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

18 އަހަރުން ދަށުގެ ކުއްޖަކަށް އެ މާރާމާރީގައި އަނިޔާވިކަން ކަށަވަރުކޮށްދިނުމާއެކު، ފުލުހުން ބުނެފައިވަނީ އެ ކުއްޖާއަށް މި މާރާމާރީގައި ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ހިޔާގެ 10 ވަނަ ޓަވަރުގައެވެ.

އެ ހަމަލާއަށްފަހު އެކުއްޖާގެ ބުރިކަށީގައި ފޮތިގަނޑެއް އަޅައިގެން ފުލުހުން ލޭ މަނާކުރަން މަސައްކަތްކުރި މަންޒަރު އަދި އެމްބިއުލާންސެއްގައި އޭނާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވެފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ