Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ގެއްލުނު ފޯނެއް ހޯދަން އިންޑިއާގެ އޮފިޝަލެއް ބޮޑު ޑޭމަކުން ފެން ހުސްކޮށްފި

އިންޑިއާގެ އޮފިޝަލެއްގެ ފޯނެއް ގެއްލިގެން ބޮޑު ޑޭމެއްގެ ފެން ހިއްކައި ފޯނު ހޯދަން މަސައްކަތްކުރުމުން އެ އޮފިޝަލު ސަސްޕެންޑުކޮށްފިއެވެ.

އެ ޑޭމްގައި ރައްކާކޮށްފައި ހުރި އެތައް މިލިއަން ލީޓަރެއްގެ ފެން ބޭރުކޮށް ހުސްކުރަން ގާތްގަނޑަކަށް 3 ދުވަސް ހޭދަވިއެވެ. މި ޑޭމުން ފެން ހުސްކުރީ ރާޖޭޝް ވިޝްވާސް ސެލްފީއެއް ނަންގަވަން އުޅުއްވަނިކޮށް ޑޭމް ތެރެއަށް ފޯނު ވެއްޓުމާ ގުޅިގެންނެވެ.

ޑޭމްގެ ފެން ހިއްކައިގެ ފޯނު ހޯދުނުއިރު އެއަށް ފެން ވަނުމުގެ ސަބަބުން ފޯނު އޮތީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ.

ވިޝްވާސް ބުނި ގޮތުގައި އޭނާގެ ފޯނު އަނބުރާ ހޯދަން އެ ޑޭމް ހިއްކީ އޭނާ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ޑޭމް ތެރެއަށް ފޯނު ވެއްޓުމުންނެވެ. އެ ފޯނުގައި ސަރުކާރުގެ މުހިއްމު މައުލޫމާތުތައް ހުރިކަމަށްވެސް އޭނާ ވިދާޅުވެއެވެ.

1،200 ޑޮލަރުގެ އަގުހުރި ސެމްސަން ފޯނު ޚެރްކައްޓާ ޑޭމަށް ވެއްޓުމާ ގުޅިގެން، ޑައިވަރުން ފީނައިގެން ފޯނު ނަގަން މަސައްކަތްކޮށްވެސް ފޯނު އަތުނުޖެހުމާއެކު ޑޭމްގެ ފެން ހިންދައިގެން ފޯނު ނެގުމުގެ މަސައްކަތް ފެށިއެވެ.

ވިޝްވާސް ނެރުއްވި ވީޑިއޯ ސްޓޭޓުމެންޓެއްގައި އޭނާ ވިދާޅުވީ ޑޭމްގެ ފެން ހިންދީ އަނގަބަހުން ލިބުނު ހުއްދައެއްގެ މައްޗަށް ކަމަށެވެ. ޑީސަލް ޕަމްޕެއް ގެނެސް ފެން ހިންދީ ހިންދުމުން ދަނޑުވެރިންނަށް ފައިދާވާނެކަމަށްވެސް ވިޝްވާސް ވިދާޅުވިއެވެ.

އެތައް ދުވަހަަކަށް ޕަމްޕު ޖައްސާފައި ބެހެއްޓުމުގެ ސަބަބުން ގާތްގަނޑަކަށް 2 މިލިއަން ލީޓަރު ނުވަތަ 6 އަކަ ކިލޯމީޓަރުގެ ދަނޑުވެރި ބިމަށް ފެން ދިނުމަށް ބޭނުންވާ މިންވަރުގެ ފެންވަނީ ޑޭމްއިން ބޭރުވެފައެވެ.

މި މަސައްކަތް ހުއްޓުވައިލީ ވޯޓާ ރިސޯސް ޑިޕާޓުމެންޓުގެ އޮފިޝަލެއް އެތަނަށް ހާޒިރުވެއެވެ. އެ މަސައްކަތް ހުއްޓުވަން ނިންމީ ލިބުނު ޝަކުވާއަކާ ގުޅިގެންނެވެ.

ފެނަކީ އަސާސީ ވަސީލަތެއްކަން ފާހަގަކުރައްވައި ކަންކާ ޑިސްޓްރިކްޓުގެ އޮފިޝަލެއް ވިދާޅުވީ މިފަދައިން ފެން އިސްރާފުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ތަހުގީގު ނިމެންދެން ވިޝްވާސް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މަޤާމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުތަކަށް އިންކާރުކުރައްވައި ވިޝްވާސް ވިދާޅުވީ އޭނާ އަންގަވައިގެން ހިންދި ފެނަކީ ބޭނުންނުކުރެވޭ ހާލަތުގައި ހުރި ފެން ކަމަށެވެ.

މި ލިއުމާއި ގުޅޭ