ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ފ. އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސް އިބްރާހިމް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އެ އަތޮޅު ނިލަންދޫއަށެވެ.
ނިލަންދޫއަށް ވަޑައިގެން ރައީސް އިބްރާހިމް ވަނީ އާއްމު ރައްޔިތުންނާ ބައްދަލުކުރައްވާ އެ ރަށް ތަރައްގީ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރައީސް އިބްރާހިމްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާނެއެވެ.
އޭގެއިތުރަށް އެ ރަށްރަށުގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި ނިމިފައި ހުރި ޕްރޮޖެކްޓުތައް އެމަނިކުފާނު އިފްތިތާހުވެސް ކޮށްދެއްވާނެއެވެ.