Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދެކުނު ކޮރެއާ

ފްލައިޓެއް ޖައްސަން ދަނިކޮށް ދޮރު ހުޅުވި ފަސިންޖަރަކު ހައްޔަރުކޮށްފި

ދެކުނު ކޮރެއާގެ އެއާޕޯޓަކަށް ޖައްސަން އުޅުނު އޭޝިއާނާ އެއާލައިންސްގެ ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވާލި މީހަކު ހައްޔަރުކޮށްފި އެވެ.
194 ފަސިންޖަރުންނާއެކު، ސަލާމަތުން ޖެއްސި ނަމަވެސް ހުކުރު ދުވަހު ދާއިގޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ އެ ފްލައިޓުގެ ދޮރު ހުޅުވިފައި ވަނިކޮށެވެ.
ބައެއް ފަސިންޖަރުން ހޭނެތިފައި ތިބިއިރު އަނެއް ބައި މީހުންނަށް ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ޔޮންހަޕް ނިއުސް އެޖެންސީން ބުނީ އުމުރުން 30 އަހަރުގެ އެ މީހާ ހައްޔަރުކުރީ ލޭންޑިންއަށް ފަހު ކަމަށެވެ.
އެއާބަސް އޭ321-200 ޖެޓެއް ކަމަށްވާ ފްލައިޓް އޯޒެޑް8124 ޖެޖޫ އައިލެންޑުން ފުރީ ހުކުރު ދުވަހު ރާއްޖެ ގަޑިން 11:45 ހާއިރު އެވެ.
ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ބޯޓު ޖައްސަން އުޅެނިކޮށް ފިރިހެން ފަސިންޖަރަކު އިމަޖެންސީ ދޮރު ހުޅުވާލީ މަތިންދާބޯޓު 250 މީޓަރު މަތީގައި އޮއްވައެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފަސިންޖަރެއްގެ ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާބޯޓުގެ ވާތް ފަރާތުގެ ދޮރުން ވަންނަ ވައި ރޯޅިތަކުން އިށީނދެތިބި ފަސިންޖަރުންގެ ސަފުތަކަށް ބާރުސްޕީޑްގައި ވައި ވަންނަ މަންޒަރު ފެނެ އެވެ.
ފްލައިޓް އެޓެންޑެންޓުންނަށް އޭނާ ނުހުއްޓުވުނީ މަތިންދާބޯޓު ޖައްސަން ކައިރިވެފައި އޮތުމުން ކަމަށް މަންޒަރު ދުށް މީހުން އެގައުމުގެ މީޑިއާތަކަށް ކިޔައިދިނެވެ.
އަދި ދޮރު ހުޅުވުމަށްފަހު އެ މީހާ ވެސް މަތިންދާބޯޓުން ފުންމާލަން މަސައްކަތް ކުރި ކަމަށް އެ މީހުން ބުންޏެވެ.
ފަސިންޖަރުން ވަނީ އެވަގުތު ބޯޓުގައި އޮތް ބިރުވެރިކަން ސިފަކޮށްފަ އެވެ.
ހަފުތާ ބަންދުގެ ކުޅިވަރު ހަރަކާތަކަށް ދިއުމުގެ މަގުމަތީގައި ސްކޫލް އުމުރުގެ ގިނަ ކުދިންތަކެއް ވެސް ބޯޓުގައި ތިއްބެވެ.
އެއް ކުއްޖެއްގެ މަންމަ ޔޮންހަޕަށް ކިޔައިދިން ގޮތުގައި ކުދިން ތިބީ ވަރަށްބިރުންނެވެ. އަދި ބައެއްކުދިން ރޮއި ހަޅޭލައްވައި ހެދިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިހާތަނަށް އޭނާއެކަން ކުރި ސަބަބު ކިޔައިދީފައި ނުވާ ކަމަށާއި އަދި ހައްޔަރުކުރި އިރު އެމީހާއަކީ މަސްތުގެ ހާލަތުގައި ހުރި މީހެއް ނޫން ކަމަށެވެ.
މި ލިއުމާއި ގުޅޭ