Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ރައީސް ޔާމީން ރާއްޖޭގެ ހުންގާނަށް ގެންނަން މުޅި ގައުމު އެބަ މަސައްކަތް ކުރޭ: ޝިޔާމް

ރާއްޖޭގެ ވެރިކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ގެނައުމަށް މުޅި ގައުމު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެބޭފުޅުން މިހާރު ކުރަމުންދާ ސިޔާސީ އަދި ގައުމީ މަސައްކަތުގައި ރައީސް ޔާމީނަށް ބައިވެރި ނުވެވުމަކީ ހިތާމައެއް ކަމަށެވެ. އަދި އެއީ މި ގައުމަށްވެސް ލިބޭ ބޮޑު ނިކަމެތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ދިވެހި ރައްޔިތުންގެ ހައްގުގައި، މި ދިވެހި ގައުމުގެ ހައްގުގައި އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ދުވަން ޖެހުނު ކޮންމެ ހިސާބަކަށް ދުވަން، ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން މިތިބީ ނުކުމެ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރައްވާނެ ބޭފުޅަކީ ރައީސް ޔާމީނެވެ. މި "ގައުމުގެ ހުންގާނު އަނެއްކާވެސް އެމަނިކުފާނާ ހަވާލު ކުރުމަށްޓަކައި" މުޅި ގައުމު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިއަދު އަޅުގަނޑަކަށް ނޭރޭ ރައީސް ޔާމީން މި ގައުމުގެ ވެރިކަމާ ހަވާލުވާން ނޭދޭ އެއްވެސް ޓެކްސީއަކަށް އަޅުގަނޑަކަށް ނޭރޭ."
ޝިޔާމް
"ތަފާތު ސިޔާސީ ފިކުރުގެ މީހުން މިހާރު އަޅުގަނޑުމެންނާ އެކު އެބަ މަސައްކަތް ކުރޭ. ބައެއް ބޭފުޅުންނަކީ މި ސަރުކާރު ގެނައުމަށްޓަކައި މަސައްކަތް ކުރެއްވި ބޭފުޅުން. މިއަދު އެބޭފުޅުންވެސް ގަބޫލުކުރާ އެއް ކަމަކީ މިއަދު މިހުންނަވާ ރައީސް، މިއަދު މިއޮތް ސަރުކާރު ބަދަލުކުރަން ޖެހޭކަން،" ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު ބޭނުންވަނީ މި ސަރުކާރު ނިންމަން. އެއީ އަޅުގަނޑުމެންނަށް އެބަ އެނގޭ މި ސަރުކާރު ދަތުރުކުރާ އަނދިރި މިސްރާބު މިހާރުވެސް، ދެވަނަ ދައުރެއް މި ޖައްބާރު ސަރުކާރަކަށް ނުލިބޭނެ. ދެވަނަ ދައުރެއް ލިބިއްޖެ ކަމަށް ވާނަމަ ދިވެހި ގައުމު އޮންނާނެ ހާލަތު އެބަ ސިފަ ކުރެވޭ."

ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުން މިއަދު އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ޕްރައިވެޓް ސެކްޓާ އޮތީ ވަރަށް ބޮޑު ދަތިކަމެއްގަ އެވެ. އެ ސެކްޓާ އުޅެނީ "ސަވައިވް ނުވެގެން" ކަމަށާއި އެފަރާތްތަކުގެ ވާހަކަތައް އަޑުއިވިފައި ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުގައި މިހާރު ތިބި ފަރާތްތައް ވެރިކަމުން ބާލައި، ގައުމުންވެސް ބާލަން ޖެހޭ ކަމަށާއި "ގައުމު އަމާން އައްސޭރިއަކަށް ގެންދެވޭނީ" އެކަން ކޮށްގެން ކަމަށެވެ.

"މި ގައްދާރުން ވެރިކަމުން އެކަންޏެއް ނޫން، މި ގައްދާރުން މި ގައުމުގެ ފަސްގަނޑުންވެސް ޖެހޭނީ ބާލަން، ފައިބަން ޖެހޭނީ. އެހާ ބޮޑަށް ގައުމަށް ގައްދާރުވެފައި ތިބި ބަޔަކު ހައްގެއް ނުވާނެ މި ފަންގަނޑަކުން އެންމެ އަކަ އިންޗިއެއް ވެސް،" ޝިޔާމް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ