Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ދަރިންނަށް ސުވަރުގެ ނުވަދެވޭނެ: ހުތުބާ

މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ދަރިންނަށް ސުވަރުގެ ނުވަދެވޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

"މާތް ﷲ ގެ ރަހުމަތްފުޅުގެ ތަނަވަސްކަން" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ އެކަލާނގެއީ އެކަލާނގެ ހެއްދެވި އެންމެހައި އަޅުންނަށް، މުސްލިމުންނަށައި ކާފިރުންނަށް ވެސް ދުނިޔެމަތީގައި ރަހްމާންވަންތަ ރަސްކަލާނގެ ކަމަށެވެ.
މާތް ﷲ ގެ ރަހުމަތްފުޅު ނުވާނަމަ، އަހަރެމެންގެ ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން އަޛާބު ދެއްވީސް ކަމަށް ހުތުބާގައި ބުންޏެވެ.
ނަމަވެސް މާތް ﷲ އުރެދޭ މީހުންނަށް ވެސް އެކަލާނގެ މުހުލަތު ދެއްވާ ކަމަށާއި، ޝަރީކު ކުރާ މީހުންނަށް ވެސް އެކަލާނގެ މުހުލަތު ދެއްވަނީ ﷲ ގެ ރަހްމަތްވަންތަ ކަމުގެ ބޮޑު ކަމުން ކަމަށް ހުތުބާގައި ބުންޏެވެ. މާތް ﷲ ގެ ރަހްމަތުގެ ސަބަބުން އެމީހުންނަށް ވަގުތުން އަޛާބު ނުދެއްވައި އެމީހުންނަށް މުހުލަތު ދެއްވަނީ އެވެ.
ހުތުބާގައި ބުނި ގޮތުގައި މާތް ﷲ ގެ ރަހީމުވަންތަ ކަމަކީ މުއިމިނުންނަށް ހާއްސަ ކުރައްވާފައިވާ ސިފަފުޅެކެވެ. ﷲ ލައްވަވާ އެ ރަހްމަތް ހާއްސަ ކުރައްވާފައި ވަނީ އެކަލާނގެއަށް އީމާންވާ މީހުންނަށެވެ.
"ތިޔަބައި މީހުން އެކަކު އަނެކަކަށް އޯގާތެރިވާށެވެ. ﷲ ގެ ރަހްމަތް ލިބޭނީ އޭރުންނެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
އެގޮތުން ދަރިން މައިންބަފައިންނަށް އޯގާތެރިވުމަށް ނަސޭހަތްތެރިވެ ހުތުބާގައި ބުނީ މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ދަރިންނަށް ސުވަރުގެ ނުވަދެވޭނެ ކަމަށެވެ.
"ތިޔަ ކުދިން ތިޔަ ކުދިންގެ މައިންބަފައިންނަށް އޯގާތެރިވާށެވެ. އެމީހުންނަށް ހެޔޮކޮށް ހިތާށެވެ. އެމީހުންގެ ހިތުގައި ނުޖައްސާށެވެ. އެމީހުން ރުޅިއަރުވައި ރޮއްވައި ނުހަދާށެވެ. ހެނދުނާއި ހަވީރު އެމީހުންނަށް ހެޔޮދުއާ ކުރާށެވެ. އެހެނީ މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ތިޔަ ކުދިންނަށް ސުވަރުގެ ނުވަދެވޭނެތެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނި ގޮތުގައި އަބާއްޖަވެރިއަކީ ރަހްމު ނުކުރާ މީހާ އެވެ. "ރަހްމުކުރާ މީހަކަށް ތިބާ ވަށެވެ. އޭރުން ﷲ ތިބާއަށް ރަހްމަތް ލައްވާނެ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ