Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްްޓްރީގެ ސިޔާސީ މުވައްޒަފުންގެ ތަފްސީލަކީ ސިއްރެއް: ރައީސް އޮފީސް

ފޮރިން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ ވަނަވަރާއި، އެމީހުންނަށް ލިބޭ މުސާރަ ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން އެދުނީ ފޮރިން މިނިސްޓްރީއާއި އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމީހުންގެ ވަނަވަރު އަދި އެމީހުންގެ މުސާރައިގެ ތަފްސީލު ހޯދުމަށެވެ.

އެ މައުލޫމާތު ހޯދަން އެންމެ ފުރަތަމަ ދިޔަރެސް އިން އެދުނީ ފޮރިން މިނިސްޓްރީގަ އެވެ. އެކަމަކު އެ މައުލޫމާތު ހާމަކުރެވޭނީ ރައީސް އޮފީހަށް ކަމަށް މިނިސްޓްރީން އެންގި އެވެ.

އެހެންވެ ރައީސް އޮފީހަށް ހުށަހަޅާއިގެން އެ މައުލޫމާތު ނުދީ ލަސްވުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެ މައްސަލަ ތާވަލް ކުރި ފަހުން ރައީސް އޮފީހުން ވަނީ ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ތަފްސީލު ކަމަށް ބުނެ ޝީޓެއް ފޮނުވާފަ އެވެ.
އެކަމަކު އެ ޝީޓުގައި ފޮރިން މިނިސްޓްރީއާއި އެމްބަސީތަކުގައި ސިޔާސީ މުވައްޒަފުން ތިބި އަދަދެއް، އަދި އެއްވެސް ސިޔާސީ މުވައްޒަފެއްގެ ވަނަވަރެއް ނެތެވެ.
އެ ޝީޓުގައި މުސާރަ ހިމަނާފައި ހުރި ނަމަވެސް ހިމަނާފައި ހުރީ އާންމު ގޮތެއްގައި، އިން ޖެނެރަލް ކެބިނެޓް މިނިސްޓަރަކަށް ނުވަތަ ސަފީރަކަށް ނުވަތަ މިނިސްޓަރުގެ ނައިބަށް ލިބޭ މުސާރައިގެ ތަފްސީލެވެ. އޭގައި ވަކި މަގާމެއްގައި ހުރި މީހުންގެ ވަނަވަރާއި އެ މަގާމުގައި ކިތަށް މީހުން ތިބި ކަމާއި އެމީހުންގެ މުސާރަ ހާމަކޮށްފައެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހުން މައުލޫމާތު ހާމަ ނުކުރި ނަމަވެސް މީގެ ކުރިން ވަނީ ބައެއް އެމްބަސީތަކުގައި ތިބޭ ސިޔާސީ މުވައްޒަފުންގެ މުސާރަ ލީކުވެފަ އެވެ.
އެގޮތުން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި ހުރި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ގެ ދަރިފުޅު މިޒްނާ ޝަރީފަށް އަހަރެއްގެ މައްޗަށް 2.4 މިލިއަން ރުފިޔާ ލިބެއެވެ. އެއީ މަހެއްގެ މައްޗަށް 2 ލައްކަ ރުފިޔާ އެވެ.
އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޅިޔަނު، ބަދުރުއްދީން ނަސީމަށް މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކެޓްރީގެ މަގާމުން އަހަރެއްގެ މައްޗަށް މުސާރައާއި އިނާޔަތްތަކާއި އެކު 1.4 މިލިއަން ރުފިޔާ ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 119،304 ރުފިޔާ އެވެ.
އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރގެ މަގާމުގައި ހުންނަވާ ހުސެއިން ރަޝީދު އަހުމަދަށް ވެސް ސަރުކާރުން އަހަރެއްގެ މައްޗަށް 2،002،047 ހަރަދުކުރެ އެވެ. އެއީ މަހެއްގެ މައްޗަށް 166،837 ރުފިޔާ އެވެ.
މި ލިއުމާއި ގުޅޭ