Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ސަޢޫދީއާއި އިނގިރޭސިވިލާތުން މުހިންމު މައުދަންގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

ރިޔާޒް (މެއި 26) - ކްރިޓިކަލް މިނަރަލްސް ނުވަތަ މުހިންމު މައުދަންތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް މިނަރަލް ރިސޯސަސް، ބަންދަރު އަލްޚޮރައިފް އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ބިޒްނަސް އެންޑް ޓްރޭޑް ކެމީ ބަޑެނޯޗްއާއެކު ލިޔުމެއްގައި ސޮއިކުރައްވައިފިއެވެ.
ކޮޕަރ، ލިތިއަމް، ނިކެލް، ކޮބާލްޓް އަދި ރެއަރ އާރތް އެލިމެންޓްސް ފަދަ ކްރިޓިކަލް މިނަރަލްސްއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސާފު ހަކަތައިގެ ގިނަ ޓެކްނޮލޮޖީތަކުގައި ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ.
ސައޫދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ފަރާތުން މަސައްކަތް ކުރަނީ މުޅި ދުނިޔެ ޒީރޯ ކާބަން ނިއުޓްރަލިޓީއަށް ބަދަލުވުމަށް ބޭނުންވާ މިނަރަލްސްގެ ސަޕްލައި ޗެއިންތައް ގުޅިގެން ތަރައްގީ ކުރުމަށެވެ.
އަލްޚޮރައިފް ވިދާޅުވީ މިފިޔަވަޅަކީ ސަޢޫދީ ޢަރަބިއްޔާއާއި އިނގިރޭސިވިލާތާ ދެމެދު ސިނާޢީ އަދި މައިނިންގ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އޮނިގަނޑުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށާއި، ފެހި މުސްތަޤްބަލެއް ޙާޞިލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފިޔަވަޅެއް ކަމަށެވެ.
ސައޫދީ މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ހަކަތައަށް ބަދަލުވުމަށް ބޭނުންވާ މިނަރަލްސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ ގައުމުން ބޭނުންވާ ކަމަށެވެ.
މި ލެޓަރ އޮފް އިންޓެންޓްގެ ސަބަބުން ވެހިކަލް އުފެއްދުމާއި ކަރަންޓާއި ވައިގެ ދަތުރުފަތުރާއި ދިފާއީ އަދި އިއާދަކުރަނިވި ހަކަތަ ފަދަ މެޓަލް އިންޓެންސިވް އިންޑަސްޓްރީތަކުގައި ބޭނުންކުރާ ކްރިޓިކަލް މިނަރަލްސްގެ ސަޕްލައި ޗެއިންތައް ބަދަލު ކުރުމުގެ ފުރުސަތު ދެ ގައުމަށް ވެސް ލިބިގެންދާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ ފޯރަމްތައް މެދުވެރިކޮށް ކޯޑިނޭޓްކޮށް، މިނަރަލް ސަޕްލައި ޗެއިންތަކުގައި ޕްރައިވެޓް ސެކްޓާއާ ގުޅިގެން މަސައްކަތްކުރުމާއި، ޖޮއިންޓް އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމުގެ އިތުރުން ކްރިޓިކަލް މިނަރަލްސްއާ ގުޅުންހުރި ޕްރޮޖެކްޓްތަކުގެ މައުލޫމާތު ބަދަލުކުރުމަށްވެސް މަގުފަހިވެގެންދާނެ އެވެ.
އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ ސިޔާސީ، އިގްތިސާދީ އަދި ސަގާފީ ގުޅުންތަކެއް އުފެދިފައިވާ ކޮމްޕްލެކްސް އަދި ގިނަ ފަރާތްތަކެއް އެކުލެވޭ ގުޅުމެކެވެ. ތާރީޚީ ގޮތުން ދެޤައުމުގެ ދެމެދުގައި އޮތީ ދެޤައުމުގެ މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައިވާ ސްޓްރެޓެޖިކް ޕާޓްނަރޝިޕެކެވެ.
މެދުއިރުމަތީގައި ސައުދީ އަރަބިއްޔާގެ ޖިއޮޕޮލިޓިކަލް މުހިންމުކަން ދެނެގަނެ، ސައުދީ އަރަބިއްޔާއަކީ ސަރަހައްދީ ގޮތުން މުހިންމު އެކުވެރިއެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ބަލަ އެވެ. މި ޕާޓްނަޝިޕްގެ ސިފައަކީ ސައުދީ އަރަބިއްޔާއަކީ ތެޔޮ އެކްސްޕޯޓްކުރާ ބޮޑު ގައުމަކަށް ވާތީ، ޚާއްސަކޮށް ހަކަތައާ ބެހޭ ދާއިރާއިން ފުޅާދާއިރާއެއްގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރުމެވެ. ނަމަވެސް ސައުދީ އަރަބިއްޔާގައި އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި ޚިޔާލުތަފާތުވާ މީހުންނާ މެދު އަމަލުކުރާ ގޮތާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ ކަންބޮޑުވުންތަކާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ފާޑުކިޔުންތަކެއް ކުރިމަތިވެފަ އެވެ.
ސައުދީ އަރަބިއްޔާއާއެކު ޑިޕްލޮމެޓިކް ގުޅުންތައް ދެމެހެއްޓުމުގެ އިތުރުން މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރަށް ވަނީ އާންމުންނާއި ބައިނަލްއަގްވާމީ ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފައެވެ. ޖުމްލަކޮށް ބަލާއިރު، އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމަކީ ސިޔާސީ ޕްރެގްމެޓިޒަމް، އިގްތިސާދީ މަސްލަހަތު، އަދި އިންސާނީ ހައްގުތަކާއި އަގުތައް ކުރިއެރުވުމާ ދެމެދު ބެލެންސިންގ އެކްޓެއްގެ ގޮތުގައި ދެމިއޮތުމުގެ ގުޅުމެކެވެ.
މި ލިއުމާއި ގުޅޭ