Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ތުރުކީގެ ރައީސް އުރުދުޣާންގެ މައްޗަށް 50،000 ޑޮލަރުގެ ދައުވާއެއް އިދިކޮޅު ލީޑަރު ކުރައްވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އިންތިޚާބީ ވާދަވެރިޔާ ތުރުކީގެ މިހާރުގެ ލީޑަރާ ދެކޮޅަށް 50،000 ޑޮލަރުގެ ދަޢުވާއެއް ހުށަހަޅައިފިއެވެ.
ސެކިއުލަރ އިދިކޮޅު ލީޑަރު ކެމަލް ކިލިކްޑަރޮގްލޫގެ ގާނޫނީ ވަކީލު ސެލާލް ސެލިކް ބުރާސްފަތި ދުވަހު ވިދާޅުވީ އެ ދައުވާއަކީ އުރުދުޣާން ކޭމްޕޭން ހަތިޔާރެއްގެ ގޮތުގައި ފޭކް ވީޑިއޯއެއް ބޭނުން ކުރެއްވުމުން އެކަމާ ދެކޮޅަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ.
މި މަހުގެ 14 ވަނަ ދުވަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކިލިކްޑަރޮގްލޫ އޮތީ އުރުދުޣާންއަށް ވުރެ ގާތްގަނޑަކަށް ފަސް ޕޮއިންޓް ފަހަތުގަ އެވެ.
ކިލިކްޑަރޮގްލޫ ވަނީ މީގެ ކުރިން ވެސް އުރުދުޣާންއާ ދެކޮޅަށް ސިމްބޮލިކް މައްސަލަތަކެއް ހުށަހަޅައިފަ އެވެ.
އެކަމަކު މިއީ ބަދަލުގެ ގޮތުގައި އެއް މިލިއަން ލީރާ (50،000 ޑޮލަރު) އަށް ޑިމާންޑް ކުރާ ފުރަތަމަ ފަހަރަށް ވާއިރު، ކިލިކްޑަރޮގްލޫ ވައުދުވަނީ އެފައިސާ ކޯޓުން ނަގައިދީފިނަމަ ހަދިޔާކުރާނީ ތުރުކީ ސިފައިންގެ ދަރިންގެ ތައުލީމު ބަލަހައްޓާ ފަންޑަކަށް ކަމަށެވެ.
އުރުދުޣާންގެ ކެމްޕެއިން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެއްވި ފޭކް ވީޑިއޯއަކީ އިދިކޮޅު ލީޑަރު ކިލިކްޑަރޮގްލޫ އާއި ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ އަސްކަރީ ކޮމާންޑަރަކާ ދެބޭފުޅުން އެކުގައި މަސައްކަތް ކުރާ ވީޑިއޯއެކެވެ. އެވީޑިއޯ ތަކުރާރުކޮށް ކެމްޕެއިން އެއްވުންތަކުގައި ދައްކަވާފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ ކިލިކްޑަރޮގްލޫ ތުރުކީގެ މިހާރުގެ ރައީސަށް ތާއީދުކުރުމަށް ގޮވާލާ މަންޒަރުތަކެކެވެ.
ތުރުކީ އާއި ހުޅަނގުގެ ބައިވެރިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ޕީކޭކޭ ލިސްޓުކޮށްފައި ވަނީ އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިފައިވާ އެތައް އަހަރެއް ވަންދެން ހިންގަމުން އަންނަ ހަރުކަށި ފިކުރުގެ ސަބަބުންނެވެ.
އެ ވީޑިއޯއަކީ މޮންޓޭޖެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން އުފެއްދި ހަގީގީ ކެމްޕެއިން ކްލިޕެއް ނޫން ކަމަށް އުރުދުޣާން މި ހަފުތާގައި ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.
ކިލިކްޑަރޮގްލޫގެ ވަކީލު ވަނީ އުރުދުޣާން "އަޚްލާގީ މިންގަނޑުތަކާ" ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
"ކިހިނެއްތޯ އެފަދަ ބޭވަފާތެރި ބޭފުޅަކު ރައީސްގެ ގޮނޑީގައި އިންނަވާނީ؟،" ކިލިކްޑަރޮގްލޫ ވިދާޅުވި އެވެ.
މިދައުވާ އުރުދުޣާންއާއި ދެކޮޅަށް ސާބިތުވެއްޖެނަމަ ތުރުކީގެ އިންތިޚާބުގައި ދެވަނަބުރުގައި ނިކުންނަ ނަތީޖާއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަތުވެދާނެކަމަށް މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ދެކެއެވެ.
މި ލިއުމާއި ގުޅޭ