އިންޑިއާގެ ދިއްލީގައި ސައިކަލެއްގައި ދިޔަ ދެ މީހަކު، ދިވެއްސެއްގެ ފޯނު ފޭރިގެންފި އެވެ.
އެ ގައުމުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި ފޭރިތަގީ އެ ގައުމުގެ ސެއިންޓް ސްޓެފަންސް ކޮލެޖުގައި ކިޔަވަމުން އަންނަ ހައްވާ ސިންމާ ނަމަކަށް ކިޔާ ދިވެހި ދަރިވަރެއްގެ ފޯނެވެ.
އެކަން ހިނގީ މިދިޔަ އަންގާރަ ދުވަހު އެވެ.
އިންޑިއާގެ ފުލުހުން ބުނި ގޮތުގައި އަންގާރަ ދުވަހުގެ ރޭ 10:45 ހާއިރު ކަޝްމީރީ ގޭޓު ކައިރިން އޮޓޯ ރިކްޝާއެއްގައި ސިންމާ ދަނިކޮށް ސައިކަލެއްގައި އައި ދެމީހުން ފަހަތުން އައިސް އޭނާގެ ފޯނު ފޭރިގަނެ އެތަނުން ވަނީ ގިލާފަ އެވެ.
އެ މައްސަލަ ރަޖިސްޓްރީކޮށް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަަމަށް އިންޑިއާގެ ފުލުހުން އިއްޔެ ބުނެފައިވާއިރު، އެ މައްސަލައިގައި ޝާމިލްވާ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.