Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅުދުއްފުށި

ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖް ކުރި ތުހުމަތުގައި ގާޒީ ސަސްޕެންޑް

ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑް ކޮށްފިއެވެ.

ޖޭއެސްސީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، ހުށަހެޅި މައްސަލައަކާއި ގުޅިގެން މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޢަލީ އާދަމް ސަސްޕެންޑް ކުރީ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޢަލީ އާދަމްގެ މައްސަލައެއް ޖޭއެސްސީ އިން މީގެ ކުރިން ވެސް ވަނީ ތަހްގީގު ކޮށްފައެވެ. އެފަހަރު ތަހްގީގު ކުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ގެވެށި އަނިޔާ އިން ރައްކާތެރިވުމާއި ގުޅޭ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް އަލްއުސްތާޛު ޢަލީ އާދަމް ޢަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އެކެވެ. ނަމަވެސް ޖޭއެސްސީ އިން ނިންމީ އެމައްސަލަ މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ