Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އީވާ އާއި ޝާހިދު އަދި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އެޖެންޑާކޮށްފި އެވެ.

އަންނަ ބުދަ ދުވަހަށް ރިފްއަތުގެ މައްސަލަ ތާވަލްކޮށްފައި ވާއިރު، ޝާހިދުގެ މައްސަލަ ޖޫން ހަ ވަނަ ދުވަހުގެ ޖަލްސާ އަށް ވަނީ ތާވަލް ކޮށްފައެވެ. އަދި އީވާގެ މައްސަލަ ތާވަލްކޮށްފައި ވަނީ ޖޫން 11 ވަނަ ދުވަހަށެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރުންނާއި މިނިވަން މެމްބަރަކާއެކު ޖުމުލަ 50 މެމްބަރުންގެ ސޮޔާއެކު އެވެ. އެހެން ކަމުން އެއީ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ ވޯޓަށް ވުރެ ވެސް އިތުރު އަދަދެކެވެ.

އީވާގެ މައްސަލަ ހުށަހަޅާފައި މިވަނީ އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ މެންބަރުން އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގަތް 12 މެންބަރުންގެ ތެރޭގައި އީވާ ހިމެނުމުންނެވެ. އީވާ ވިދާޅުވެފައިވަނީ އަމިއްލައަށް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ޝާހިދު އާއި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅުންނެވެ. ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ކޮންމެ މައްސަލައެއްގައި ވެސް ނަޝީދަށް ތާއިދު ކުރައްވާ މެމްބަރަކު ހިމެނެ އެވެ. އެގޮތުން ރިފްއަތުގެ މައްސަލައިގައި ސޮއި ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ނަމަވެސް ޝާހިދުގެ މައްސަލައިގައި ސޮއިކުރީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ.

މި ލިއުމާއި ގުޅޭ