Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

8 ގައުމެއްގެ 9 ސިޓީ ގައި، ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް އީސީން ނިންމައިފި

އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި، 150 މީހުން ރަޖިސްޓަރީ ކޮށްފިނަމަ، އިތުރު 8 ގައުމުގެ 9 ސިޓީ ގައި، ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް، އިލެކްޝަން ކޮމިޝަން (އީސީ)އިން އިއްޔެ ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް، ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ގައި ބަހައްޓާނެ ކަމަށެވެ.

  • - އިންޑިޔާގެ ޓްރިވެންޑްރަމް
  • - ނިއު ދިއްލީ
  • - ސްރީލަންކާގެ ކޮލަމްބޯ
  • - މެލޭޝިޔާގެ ކުއަލަ ލަމްޕޫރު
  • - ސިންގަޕޫރު
  • - އިނގިރޭސި ވިލާތުގެ ލަންޑަން
  • - ތައިލެންޑުގެ ބެންގކޮކް
  • - އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ
  • - ޖަޕާނުގެ ޓޯކިޔޯ

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ގިނަ ޕާޓީތަކުން ވަނީ އިއުލާނުކޮށްފައެވެ. އެގޭތެރޭގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ، ވެރިކަން ކުރާ އެމްޑީޕީ، އެމްއެންޕީ، ޖުމްހޫރީ ޕާޓީގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުން ވެސް ވަނީ ރިޔާސީ ރޭހަށް ނިކުންނާނެ ކަން އިއުލާނުކޮށްފައެވެ.

މި ލިއުމާއި ގުޅޭ