Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ނައިބުރައީސް އަދީބް

ވައްކަމާ ޚިޔާނާތާ ގުޅިގެން އަދީބު ދައްކަވަންޖެހޭ 1 މިލިއަން 3 އަހަރަށް ބަހާލައިގެން ދައްކަން ފުރުސަތު

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން ނުދައްކައި އޮތް 1 މިލިއަން ރުފިޔާ ހަލާސްކުރަން ފުރަތަމަ 200،000ރ. އެއްފަހަރާ ދެއްކުމަށް ފަހު ބާކީ ފައިސާ ބަހާލައިގެން ދައްކަން އަދީބު އެއްބަސްވެއްޖެ އެވެ.

އެ މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުވާކުރި މަނީ ލޯންޑަރިންގެ ދެ ދައުވާ ސާބިތުވެ، ޖުމްލަ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި އެވެ. ކޮންމެ މައްސަލައަކާ ގުޅިގެން ދައުލަތަށް ދައްކަން 1 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރިއެވެ. އަދި މި ފައިސާ އެއް މަސް ދުވަހުގެ ތެރޭ މީރާއަށް ދައްކަން އަދީބުގެ މައްޗަށް ހުކުމް ކުރި ނަމަވެސް އެ މުއްދަތު ހަމަވިތާ މިހާރު ވަނީ ދެ އަހަރު ވެފައެވެ.

ދެމިލިއަން ރުފިޔާގެ ތެރެއިން 1 މިލިއަން ރުފިޔާ ނުދައްކައި އޮތުމުން އެމައްސަލަ މިދިޔަ މަހު އޭޖީ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ކޯޓުގައި އޮތް އަޑުއެހުންތަކުގައި އަދީބު އެދިވަޑައިގަތީ ކޮމިޓްމެންޓްގެ ގޮތުގައި ފުރަތަމަ 100،000ރ. ދެއްކުމަށް ފަހު، ބާކީ އޮތް އަދަދު ކޮންމެ މަހަކު 20،000ރ.ގެ މަގުން ދެއްކުމުގެ ފުރުސަތަކަށެވެ. އޭޖީން އަދީބަށް ހުށަހެޅީ ކޮމިޓްމަންޓް ފައިސާގެ ގޮތުގައި 200،000ރ. ދެއްކުމަށް ފަހު ބާކީ ފައިސާ 20،000ރ.ގެ މަގުން 36 މަހަށް ބަހާލައިގެން ދެއްކުމަށެވެ.

އެ މައްސަލާގައި މީގެ ކުރީން ބޭއްވި އަޑުއެހުމުގައި އަދީބުގެ ވަކީލު އަލީ ނަދީމް ވިދާޅުވީ އޭޖީގެ ހުށަހެޅުމަކީ ގަބޫލުކުރެވޭ، ރަނގަޅު "އޮފާ"އެއް ކަމަށާއި އަދީބާ މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމުމަށް ފުރުސަތު ދެއްވުމަށް އެދޭ ކަމަށެވެ. ދެން މި މައްސަލާގައި އޮންނާނީ ދެ ފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާތީ ހުކުމް ކުރުމުގެ އަޑުއެހުމެކެވެ. މި އަޑުއެހުން އޮންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ޓެރަރިޒަމް ކުށުގެ މައްސަލަތައް ހިމެނޭހެން 2019 އާއި 2020ގައި އަދީބާ ދެކޮޅަށް 15 މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލުކުރި އިރު، އަށް މައްސަލައެއް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އޮތީ އަދީބުގެ މައްޗަށް އިއްވައިފަ އެވެ.
މި ލިއުމާއި ގުޅޭ