Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ޒައިދު

މިހާރު އަލީ ޒައިދު ވިދާޅުވަނީ މީހުންގެ ބޮލުގައި މަރުގެ ތުހުމަތު އެޅުވުން ހުއްޓުވަންޖެހޭ ކަމަށް

މީހުންގެ ބޮލުގައި މަރުގެ ތުހުމަތު އެޅުވުމަކީ ހުއްޓުވަންޖެހޭ ކަމެއް ކަމުގައި އަދާލަތު ޕާޓީގެ ސިޔާސީ އެކްޓިވިސްޓު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިފަދައިން އަލީ ޒައިދު ކުއްލިއަކަށް ވިދާޅުވި ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، މޭ 6، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ މައުލޫމާތު އެނގިވަޑައިގަންނަވާކަމަށް "ދަ ޑިމޮކްރެޓްސް"ގެ މެންބަރުން ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ.

މި ހަފުތާ ބުދަދުވަހުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން ކުރިޔާލައި ރައީސް އިބްރާހަމަށް އެނގިވަޑައިގެންފައި އޮތްކަމަށާއި، އެ ހަމަލާ ހުއްޓުވުމަށް އެމަނިކުފާނު އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމަށް ތުހުމަތުކުރައްވާފައެވެ.

އެއާއެކު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންވަނީ އެ ބޮމުގެ ހަމަލާގައި ރައީސް އިބްރާހީމުގެ ޝާމިލުވުމެއް އޮތްކަމަށް ދޭހަވާ މޭރުމުން މަޖިލީހުގައި ވާހަކަދައްކަވާފައިވެއެވެ. އެއާއެކު ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީ މެންބަރުން ވަރަށް ބޮޑަށް ކޯފާވެ ނަޝީދުގެ މެންބަރުންނަށް ރައްދުދެއްވާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހުން މަރަން އުޅުމުގެ ތުހުމަތު މީހުންގެ ބޮލުގައި ފަސޭހަފަސޭހައިން އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ އެބުނެވުނީ ވަރަށް ބޮޑު ވާހަކައެއް ކަމަށެވެ.

މިފަދައިން ޒައިދު ވިދާޅުވިއިރު 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުގައި މާލޭގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި މިހާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސްވަނީ ހެކި އެބަހުރިކަމަށް ވިދާޅުވެ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި ޑރ.އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ މަރު އަޅުއްވައިފައެވެ.

މިހާތަނަށް އަތްޕުޅުގައި ހުރިކަމަށް އިމްރާނު ވިދާޅުވި ހެއްކެއް އޭނާއަށް ހާމަކުރެއްވިފައި ނުވެއެވެ. އަދި އެ ދުވަހުގައި ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅިގެން 7 މީހަކު މަރާލާފައިވާކަމަށްވެސް އިމްރާންވަނީ ވިދާޅުވެފައެވެ. ފަހުން އެއިން ކަމަކާ ގުޅޭ ސުވާލަކަށް އޭނާ ޖަވާބުދާރީވެވަޑައިނުގަންނަވައެވެ.

ރައީސް އިބްރާހީމާ ގުޅޭ ގޮތުން "ދި ޑިމޮކްރެޓްސް" ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ޒައިދު ވިދާޅުވީ "އެވާހަކައެއް އެއީ ދޮގެއްނަމަ އެ އަރައިގަނެވެނީ ނުހައްގުން އަނެކާގެ އަބުރާއި އިއްޒަތަށް ކަމަށެވެ.

މީގެ ކުރިން ރައީސް ޔާމީނުގެ އިސްތިށިފުޅުގައި އިމްރާނު ޤަތުލުގެ ތުހުމަތު އެޅުއްވުމާ ގުޅިގެން އޭނާއަށް އަދަބުދިނުމުން ޒައިދު ހިމެނޭހެން އަދާލަތު އެކްޓިވިސްޓުންވަނީ ރައީސް ޔާމީނަކީ ބޮޑު އަނިޔާވެރިއެއްކަމަށް ސިފަކޮށްފައެވެ. އެކަމަކު ރައީސް އިބްރާހީމުގެ އިސްތަށިފުޅުގައި މަރުގެ ތުހުމަތު އެޅުމުން އެކަންކުރި މީހުންނަށް ފިޔަވަޅު އަޅަން ޒައިދު ގޮވައިލެއްވިއެވެ.

"އެފަދަ ދޮގުވެރިންނަށް ފިޔަވަޅު އެޅިގެން ނޫނީ ރަނގަޅެއް ނާންނާނެ!،" ޒައިދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ