Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

އަލަށް ފަށާ ވިޔަފާރިތަކަށް އެހީއަށް އެދެން ބީއެމްއެލް ހުޅުވާލައިފި

އަލަށް އުފައްދާ ވިޔަފާރިތަކަށް ދޭ ސްޓާޓް އަޕް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ ސްޓާޓް އަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށެ އެވެ. އެގޮތުން ކުރިމަތިލާ ވިޔަފާރިތަކުގެ ތެރެއިން ދެ ވިޔަފާރި އެއް ހޮވާ، ކޮންމެ ވިޔަފާރިއަކަށް 500،000ރ.ގެ ހިލޭ އެހީ ދޭނެ ކަމަށެވެ.

މީގެ އިތުރުން ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބުކަމާ އެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެ ކަމަށާއި ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށް ފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރާނެކަމަށެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން، އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ސްޓާޓް އަޕް ގްރާންޓާ ބެހޭ ގޮތުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީ އަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަށް، ފުރުސަތުތަކެއް ހޯދައިދިނުމަށް ބީއެމްއެލް އިން މަސައްކަތް ކުރާނެ ކަމަށެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި މުޖުތަމައަށް ފައިދާ ހުރި 12 ހަރަކާތުގެ ތެރެއިންނެވެ.

މި ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ ހަތަރު ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެހީއަށް އެދި ހުށަހެޅުމުގެ އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސް އާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ލިއުމާއި ގުޅޭ