Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލާގައި ރައީސް އިބްރާހީމު ވިދާޅުވި ގޮތަށް ޕީޖީ ކޯޓަށް ވަޑައިނުގަންނަވާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މޭ 2021 ވަނަ ދުވަހުގެ ރޭގަނޑު ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ މައްސަލައިގެ ޝަރީޢަތުގައި ކޯޓުގައި ދައުލަތް ތަމްސީލުކުރައްވާނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވި ނަމަވެސް އެ މައްސަލާގައި ޝަމީމު މިހާތަނަށް ކޯޓަށް ވަޑައިނުގަންނަވައެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާއަށްފަހު 10 މޭގައި އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 174 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމު ވިދާޅުވެފައިވަނީ ނަޝީދަށް ދިން ހަމަލާއަކީ މިހާތަނަށް ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ކަމަށެވެ.

އެ ހަމަލާގެ ތަހުގީގެ މަސައްކަތް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރިއަށްދާކަން ހާމަކުރައްވައި ރައީސް އެ ބައްދަލުވުމުގައި ވިދާޅުވީ އެ މައްސަލާގައި ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓަށް ވަޑައިގަންނަވާނީ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ކަމަށެވެ.

ނަމަވެސް އެންމެ ފަހުން އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައިވެސް އަދި އޭގެ ކުރިން ބޭއްވި އަޑުއެހުންތަކުގައިވެސް ޕީޖީ ޝަމީމު ބައިވެރިވެވަޑައިނުގަންނަވައެވެ. އަދި އެ މައްސަލަތައް ދަނީވެސް ސަރުކާރުން މައްސަލަ ކުރިއަށްދާނެކަމަށް ބުނި ދުވެއްޔަށްވުރެ ލަސްކޮށެވެ.

އެ ހަމަލާ ފުރިހަމައަށް ތަހުގީގުކޮށް މައްސަލާގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމަށް އެރޭ ރައީސް އިބްރާހީމު ވިދާޅުވެފައިވާއިރު، އެ މައްސަލަ އެކަށީގެންވާ ގޮތަކަށް ތަހުގީގުކުރެވިފައިނުވާކަމަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

އެގޮތުން އެ ބޭފުޅުން ފާހަގަކުރައްވަނީ އެވަރުގެ ހަމަލާއެއް ރާވައި ތަންފީޒުކުރުމަށް ބަޔަކު ޚަރަދުކުރާނެކަމަށް ބެލެވޭއިރު އެ ހަމަލާ ދިނުމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ސަރުކާރަށް މިހާތަނަށް ހޯދިފައިނުވަނީ ތަހުގީގު ރަނގަޅަށް ނުހިންގާތީ ކަމަށެވެ.

މައްސަލައިގެ ޝަރީޢަތް ލަސްވާތީ އެ މައްސަލައިގެ ކަންކަން ދާ ގޮތް ބެލުމަށް ރައީސް އިބްރާހިމް ކަނޑައެޅުއްވި ޚާއްޞަ މަންދޫބު އައްބާސް ފާއިޒުވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ