Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ރިފޯމް މޫވްމެންޓް

އެމްއާރްއެމްގެ ގޮފިތަކާއި ކޮމެޓީތަކުގެ މަސައްކަތް ހުއްޓާލުމަށް ޕާޓީން އެދިއްޖެ

ޕާޓީގެ ގޮފިތަކާއި ކޮމެޓީތަކުގެ މަސައްކަތް ހުއްޓާލުމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ މޯލްޑިވްސް ރިފޯމު މޫވްމެންޓް (އެމްއާރުއެމް)އިން އެދިއްޖެއެވެ.

އެމްއާރްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އެ ޕާޓީން ސިޓީ އެއް މެދުވެރިކޮށް އަންގާފައިވާކަމަށެވެ.

އެހެންކަމުން ޕާޓީގެ އެންމެހާ މެންބަރުންނަށާއި ކޮމިޓީތަކާއި ގުނަވަންތަކާއި ގޮފިތަކަށް އެމްއާރްއެމްގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެމްއާރްއެމްއިން އިތުރަށް ބުނީ އެ ޕާޓީން ގަބޫލުކުރާގޮތުގައި އީސީން އެޕާޓީ އުވާލަން ނިންމާފައިވަނީ ގަވައިދާ ހިލާފަށްކަމަށާއި އެކަން ސާބިތުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަމަށެވެ.

އެމްއާރުއެމްގައި ޤާނޫނީ އަދަދަށް މެންބަރުން ހަމަނުވުމުން އެ ޕާޓީއަށް 2022 ވަނަ އަހަރުގައި ފުރަތަމަ ނޯޓިސް ދިނުމުން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި 3،000 މެންބަރުން އެ ޕާޓީއަށް ހަމަކުރިއެވެ.
އެހެންނަމަވެސް އަނެއްކާވެސް ޕާޓީގެ މެންބަރުންގެ އަދަދު 3،000 އަށްވުރެ ދަށްވުމާއެކު މި އަހަރުގެ ފެބްރުއަރީ މަހު އެ ޕާޓީއަށް ދެވަނަ ނޯޓިސް އިލެކްޝަންސް ކޮމިޝަނުން ފޮނުވިއެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވީ ފާއިތުވި ބުދަ ދުވަހަށެވެ.
ޕާޓީއަށް މެންބަރުންގެ އަދަދު ހަމަނުވުމުގައި އޮޅުންތަކެއް ހުންނަކަމަށް އެމްއާރުއެމުން ބުނެއެވެ. އަދި ޕާޓީގެ މެންބަރުންގެ އަދަދު ހަމަކުރުމަށް އެ ޕާޓީން މަސައްކަތްވެސް ކުރިމެއެވެ. ނަމަވެސް ޕާޓީއަށް ހަމަވާންޖެހޭ އަދަދަށް މެންބަރުން ހަމަނުވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި އެ ޕާޓީ އުވައިލުމަށްވަނީ ނިންމާފައެވެ.
މި ލިއުމާއި ގުޅޭ