Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުމްހޫރީ ޕާޓީ

ކަނޑުން ބައެއް ގެއްލުވައިލި މައްސަލައިގައި ޖޭޕީން މިއަދު ގޮތެއް ނިންމަނީ

ރާއްޖެ- މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލް ބައްދަލުވުމެއް މިއަދު ބޭއްވުމަށް ތާވަލްކޮށްފި އެވެ.

އެ ޕާޓީން ބުނީ މިއަދު މެންދުރު ފަހު 2:00 ގައި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.
އެ ޖަލްސާގެ އެޖެންޑާ ޖޭޕީން އާންމު ނުކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ވަނީ ޗާގޯސް މައްސަލައިގައި ޖޭޕީގެ ކައުންސިލަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކޮށް އެކަމަށް ގޮތެއް ނިންމުމެވެ.
ފޯޅަވަހި ނުވަތަ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައި އޮތް މައްސަލައިގައި އިޓްލޮސް އިން މިދިޔަ މަހު 28 ގައި ނިންމީ ފުށުއަރާ ކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ބެހުމަށެވެ.
އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް ވަނީ ގެއްލިފަ އެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ވަނީ ލިބިފަ އެވެ.
އެ މައްސަލައިގައި ރާއްޖެއަށް ގެއްލުނު ބައި ހޯދުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި އަދި ކުރީގެ ބަންޑާ ނައިބުން ހިމެނޭހެން އެ މައްސަލައިގައި ހިޔާލު އެއްގޮތް ފަރާތްތަކުގެ ގުޅިފައިވާ ހަރަކާތެއް އަންނަނީ ހިންގަމުންނެވެ.
ޖޭޕީންވެސް މީގެ ކުރިން ވަނީ ޗާގޯސް މައްސަލައިގައި، އެ ރަށްތަކުގެ ސިޔާދަތީ ބާރި މޮރިޝަންއަށް އޮންނާނެ ކަމަށް އެއްބަސްވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީއާ ދެކޮޅަށް ވަކާލާތުކޮށްފަ އެވެ.
މަޖިލީހުގެ ލަފާވެސް ހޯދުމެއްނެތި ޗާގޯސް މައްސަލަ ހިންގަމުން ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި އެ ސިޓީ އަނބުރާ ގެންދިއުމަށް ގޮވާލައި، އެ މައްސަލައިގައި ހިޔާލު އެއްގޮތް، ގުޅިފައިވާ ޕާޓީތަކުން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. އެގޮތުން އެ މައްސަލައިގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އެންގުމުގެ އިތުރުން، އެ މައްސަލަ އަލުން އޮޓްލޮސްއަށް ހުށަހެޅުމަށް ވެސް އެ ޕެޓިޝަންގައި ހިމަނާފައިވެ އެވެ.
މި ލިއުމާއި ގުޅޭ