Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ ނިޔާޒު

އަޅުގަނޑަކީ އެއްވެސް އިރެއްގައި އިވާ މަޖްލިސް ނައިބް ރައީސް ކަމަށް ގެންނަން ބޭނުންވި މީހެއް ނޫން: ނިޔާޒް

އެއްވެސް އިރެއްގައި އިވާ އަބްދުﷲ މަޖްލިސްގެ ނައިބް ރައީސް ކަމަށް ގެންނަން ބޭނުން ނުވާކަމަށާއި އޭނާ ބޭނުންވީ އީވާ މަޖްލީހުގެ ރައީސަކަށް ހުރުމަށް ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެކަމާ ގުޅިގެން، އީވާ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައަަށް ސޮއިދެއްވީ މެޖޯރިޓީއަށް ތަބާވުމުގެ ގޮތުން ކަމަށް ވިދާޅުވީ އަލީ ނިޔާޒަށް "ޑިމޮކްރަސީ ނޭނގޭތީ" ކަމަށެވެ.

"ހުޅުމާލޭ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ނިޔާޒު ކޮންމެވެސް ވަޓްސްއެޕް ގްރޫޕެއްގައި ލިއުއްވާފައި އޮއްވާ އަޅުގަނޑުމެން ދުށިން އަގުލަބިއްތަށޭ ތިމަންނަ ތަބާވާނީ. އަގުލަބިއްޔަތަށް ތަބާ ވުމަކީ އަދި ޑިމޮކްރަސީއެއް ނޫން. ޑިމޮކްރަސީގެ ތިއަރީ އަދި އެނގިވަޑައި ނުގަންނަވަނީ ކަންނޭންގެ،" އީވާ ވިދާޅުވި އެވެ.

އެވާހަކައަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ނިޒާމު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ ގެންނަން ކުރިން ވެސް އެދިވަޑައިނުގަންނަވަން ކަމަށާއި އެދިވަޑަައިގެންނެވީ މަޖިލީހުގެ ރައިސް ކަމަށް އީވާ ވަޑައިގަންނަވަން ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އިވާ މަޖްލިސް ނައިބް ރައީސް ކަމަށް ގެންނަން ބޭނުންވި މީހެއް ނޫން. އަޅުގަނޑު އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް. ވަރަށް ގިނަ ސަބަބުތައް އޮތީމަ. އެކަން އިވާ އަށް ކިޔާދިނިން. އޭރުވެސް ތަބާވީ ޕާޓީގެ މެޖޯރިޓީ އަށް. މި ފަހަރުވެސް އެގޮތައް،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އީވާގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން 50 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވެއްދުމުން އީވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން ވެސް އެންމެ ބޮޑަށް އަމާޒުވީ އޭނާއަށެވެ. މެމްބަރު އަލީ ނިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅެކެވެ.

މި ލިއުމާއި ގުޅޭ