ޕަބްޖީ ވައިލްޑް ކާޑް – 100،000ރ ގެ ފައިސާގެ އިނާމު ލިބޭ ޕަބްޖީ ޗެމްޕިއަންޝިޕް ކޮލިފައިވުމުގެ ފަހު ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ، އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި ބައިވެރިވުމަށް ރަޖިސްޓަރވާން ބޭނުންވާ ފަރާތްތަކަށް 25 މޭ 2023 ގެ ކުރިން ރެޖިސްޓަރވެވޭނެ ކަމަށެވެ.
އުރީދޫއިން ބުނީ 2022 ވަނަ އަހަރުން ފެށިގެން ކޮންޓެންޑަރ ކޮލިފައިންގް ސިލްސިލާއެއް ބޭއްވާ މިހާރު ވަނީ 9 ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދާފައި ކަމަށެވެ. ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ވައިލްޑް ކާޑްގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެ ކަމަށް އުރީދދޫއިން ބުނެއެވެ.
މި މަހުގެ 26ގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 25 މޭ 2023 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.
ވައިލްޑް ކާޑަށް ރެޖިސްޓަރ ވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.