Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފާރިސް މައުމޫން

ފާރިސް ވިދާޅުވީ އެމްއާރުއެމް އުވާލީ ކޮރަޕްޓް ޕްރޮސެސެއްއެއްގެ ތެރެއިން ކަމަށް

މޯލްޑިވްސް ރިފޯމު މޫވްމެންޓް (އެމްއާރުއެމް) އުވާލުމަކީ މި ގައުމުގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވާ ކަމެއް ކަމަށާއި، ޕާޓީ އުވާލީ ކޮރަޕްޓް ޕްރޮސެސްއެއްގެ ތެރެއިން ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމީ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބެންޖެހޭކަމަށް ގާނޫނުގައި ބަޔާންކުރާ އަދަދު ކަމަށްވާ 3،000 މެންބަރުން އެ ޕާޓީގައި ހަމަނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ފެބުރުއަރީއާ ހަމައަށް އެ ޕާޓީގައި ތިބީ 2،981 މެންބަރުންނެވެ.

ފަސޭހައިން 3،000 ހަމަވާނެ އަދަދަކަށް އެމްއާރުއެމްގައި މެންބަރުން ތިއްބައި ޕާޓީ އުވާލުމާ ގުޅިގެން ފާރިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީން ޕާޓީ އުވާލަން ނިންމުމަކީ މި ގައުމުގައި ކޮރަޕްޝަން އޮތް މިންވަރާއި، ގާނޫނީ ބާރު ނުހިނގާ ކަމުގެ އަލާމާތެއް ކަމަށެވެ.

އަދި ގާނޫނީ ހަމަތަކާ ހިލާފަށް ޕާޓީ އުވާލަން ނިންމި އެ ނިންމުމާ ދެކޮޅަށް މަސައްކަތް ކޮށް ކާމިޔާބު ހޯދާނެ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.

އޭނާ ވަނީ މި ދަނޑިވަޅުގައި އެމްއާރުއެމްގެ ސަޕޯޓަރުން ކެތްތެރިވުމަށް އިލްތިމާސްކޮށް، "ފައިސާއާއި ނުފޫޒުގެ ކޮރަޕްޓް ޕޮލިޓިކްސް" އާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އެދިފަ އެވެ.

އެމްއާރުއެމުން މީގެ ކުރިންވެސް ވަނީ އެ ޕާޓީން މެންބަރުން މަދުވުމުގައި އޮޅުވާލުންތަކެއް ހިނގާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެންގުމަކާ ނުލައި އެ ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ގެންދާއިރު އޭގެ ތެރެއިން ބައެއް މީހުން ތިބެނީ ޕާޓީގެ އެކި މަގާމްތަކުގައި ކަމަށް ވެސް އެމްއާރުއެމް އިން ބުނެފައިވެ އެވެ.

މެންބަރުން ހަމަނުވާތީ އެމްއާރުއެމް އަށް 2022 ވަނަ އަހަރުގައި ފުރަތަމަ ނޯޓިސް ދިނުމުން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި 3،000 މެންބަރުން އެ ޕާޓީއަށް ހަމަކުރި އެވެ. އެކަމަކު އަނެއްކާވެސް ޕާޓީގެ މެންބަރުންގެ އަދަދު 3،000 އަށްވުރެ ދަށްވުމާއެކު މި އަހަރުގެ ފެބްރުއަރީ މަހު އެ ޕާޓީއަށް ދެވަނަ ނޯޓިސް އިލެކްޝަންސް ކޮމިޝަނުން ފޮނުވި އެވެ. އެ ނޯޓިސްގެ މުއްދަތު ފާއިތުވި ބުދަ ދުވަހަށް ހަމަވިއިރު މެންބަރުން ހަމަނުވުމުން މިއަދު ޕާޓީ އުވާލީ އެވެ.
މި ލިއުމާއި ގުޅޭ