Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިމްތިޔާޒު ފަހުމީ

ރައީސް އޮފީހުން އަންގައިގެން މަޖިލިސް މެންބަރުން ތިބީ ތޯލާ ފުޅިއަކަށް ލާފައި: އިންތި

ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަބާވަނީ ރައީސް އޮފީހުން އަންގާ އޯޑަރަށް ކަމަށާއި އެ މެންބަރުން ތިބެނީ ތޯލާ ފުޅިއަކަށް ލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން މެޖޯރިޓީއަށް ތަބާވާން ޖެހޭ ވާހަކަ ދައްކަވާކަމަށާއި މެޖޯރިޓީއަށް ތަބާވާކަމަށް ބުނެ އެމްޑީޕީން މީގެ ކުރިން މެނިފެސްޓޯގައި އެކުލަވާލާފައިވާ ވައުދުތައް މަތިން ހަނދާން ނައްތާލާފައިވާކަމަށެވެ.

މެޖޯރިޓީގެ ވާހަކަ ފާހަގަކުރައްވާ އިންތި ވިދާޅުވީ މި ސަރުކާރުގެ ނިންމުންތައް މިހާރު ހުންނަނީ ހުދުމުހުތާރުކަން ހައްދު ފަހަނަ އަޅާފައިކަމަށެވެ.

"ވިޕްލައިން އަންނަނީ ސީދާ ރައީސް އޮފީހުން، މި މަޖިލީހުގެ މީހުން ތޯލާ ފުޅިއަކަށް ލާފައި މިތިބެނީ ރައީސް އޮފީހުން އަންގަވައިގެން" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ މެންބަރުން އެފަދަ ދެކޮޅު ނުޖެހޭ ވާހަކަ ދައްކައިވައިގެން މީގެ ކުރިން އެމްޑީޕީގެ މެންބަރުން ގަބޫލުކުރި ފަލްސަފާތައް މުގުރާ ޕާޓީއަކަށް އެޕާޓީ ހަދާފައިވާކަމަށެވެ.

"އެހުރިހާ ކަމެއް ވީމާ އަޅުގަނޑުމެން ނުތިބޭނަން ބަލާކަށް، އެމްޑީޕީ އުފެއްދި ވިސްނުމުގައި ގޮސް އަޅުގަނޑުމެން މި ރާއްޖެއަށް އަނެއްކާ އަނބުރާ ޑިމޮކްރަސީއަށް ރުޖޫއަވުމުގެ ފުރުސަތު ގާއިމުކޮށްދޭނަން" އިންތި ވިދާޅުވިއެވެ.

މެންބަރު އިންތި ވިދާޅުވީ އެމްޑީޕީން ވަކިވި މެންބަރުން އަލަށް އުފައްދާ ޕާޓީ "ދަ ޑިމޮކްރެޓްސް"އިން ނިކުމެ އެކަންކަން ހާސިލްކުރުމަށް ކުރެވުން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށާއި ރައިސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ބަދަލުކުރާނެކަމަށެވެ.

މި ލިއުމާއި ގުޅޭ