Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ގެއަކަށް ވަދެ ތޫނު އެއްޗަކުން ބިރުދެއްކި މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވުން ހައްޔަރުކޮށްފި

މާލޭ ގެއަކަށް ވަދެ، ތޫނު އެއްޗަކުން ބިރުދައްކައި މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކުރި މީހާ، އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމުން ހައްޔަރުކޮށްފި އެވެ.

ގްރޫޕަކާ އެކު އެޕާޓްމަންޓަކަށް ވަދެ ބިރުދެއްކި މައްސަލައެއްގައި، ކޯޓު އަމުރަކަށް ހައްޔަރުކުރުމަށް ރ. މަޑުއްވަރީ، ދެތަނޑިމާގެ، އިބްރާހިމް ސަމީން، 34، ހޯދަން ފުލުހުން އިއުލާނުކުރީ އިއްޔެ އެވެ.
ފުލުހުން މިއަދު ބުނީ ސަމީން ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން މިހާރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ސަމީން ހިމެނޭހެން ގްރޫޕެއްގެ ބަޔަކު ވަދެ، އެ ތަނުގައި ދިރިއުޅެމުން ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށް ފަހު އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ