Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އީވާ ޢަބްދުﷲ

އީވާ ވިދާޅުވީ ނިޔާޒަށް ޑިމޮކްރަސީގެ ތިއަރީ ނޭނގޭ ކަމަށް

އަގްލަބިއްޔަތަށް ތަބާވުމަކީ ޑިމޮކްރަސީ ނޫން ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ ބަހުގެ ހަމަލާތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު، މެންބަރު އަލީ ނިޔާޒަށް އަމާޒުކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން، "ދި ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެއާއެކު އެމްޑީޕީގެ ސުޕަ މެޖޯރިޓީން މަޖިލީހުގެ ނައިބު ރައީސްކަމަށް އައްޔަންކޮށްފައިވާ އީވާ، މަގާމުން ވަކިކުރަން 50 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އޭގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ ސޮއި ވެސް ހިމެނެ އެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ނުރުހުންވެސް އިއްޔެ ވަނީ ނިޔާޒަށް އަމާޒުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަރާރަކަށް ބަހުސްކުރައްވަމުން އިތުބާރު ނެތްކަމުގެ މައްސަލައަށް އިޝަރާތް ކުރައްވައި އީވާ ވިދާޅުވި ގޮތުގައި އެ މައްސަލައިގައި "ތިމަންނަ ތަބާވަނީ އަގްލަބިއްޔަތަށް" ކަމަށް ނިޔާޒް އިއްޔެ ވަޓްސްއަޕް ގްރޫޕެއްގައި ލިޔުއްވާފައިވެ އެވެ.
އެކަމަކު އަގްލަބިއްޔަތަށް ތަބާވުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި، މައިނޯރިޓީގެ ހައްގު ހިމާޔަތް ނުކުރެވޭހާ ހިނދަކު އެއީ ޑިކްޓޭޓާޝިޕެއް ކަމަށް އީވާ ވިދާޅުވި އެވެ. އަދި ސިޔާސީ މަސައްކަތުގައި އުޅޭއިރު އެކަންކަން "ކޮންމްވެސް ވަރަކަށް އޮޅުން ފިލުވާލުން މުހިންމު،" ކަމަށް އީވާ ނިޔާޒަށް އަމާޒުކުރައްވައި ވިދާޅުވި އެވެ.
"ނިޔާޒު އިއްޔެ ވަޓްސްއަޕް ގްރޫޕެއްގައި ލިޔުއްވާފައި އޮއްވައި ދުށިން އަގްލަބިއްޔަތަށޭ ތިމަންނަ ތަބާވާނީ. އަގްލަބިއްޔަތަށް ތަބާވުމަކީ ތިއަރީއެއް. ޑިމޮކްރަސީގެ ތިއަރީ އަދި އެނގިވަޑައި ނުގަންނަވަނީ ކަންނޭނގެ، ރަށު ތެރޭގައި ޑިމޮކްރަސީއޭ ކިޔައިގެން ދައްކާ ވާހަކަތައް އަޑުއައްސަވައި ލައްވާފައި އެއްޗިހި ވިދާޅުވަނީ ކަންނޭނގެ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަކީ ސީދާ ރައީސް ސޯލިހަށް އެނގިވަޑައިގެން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެއްވި އެވެ.
ރައީސް ނަޝީދަށް އޮތް ހަސަދައެއްގެ ސަބަބުން އެފަދަ ހަމަލާއެއް ދޭއިރު ކޮލޭޓަރަލް ޑެމޭޖް ނުވަތަ އެ ސަރަހައްދުގައި ތިބި އެހެން ބަޔަކަށް ވެދާނެ އަނިޔާއަކަށް ވެސް ބެލުމެއް ނެތްކަން ފާހަގަކުރައްވައި އީވާ ވަނީ ރައީސް ސޯލިހަކީ ގައުމަށް ނުރައްކަލެއް ކަމަށް ވިދާޅުވެފަ އެވެ.
"އިބްރާހީމް މުހައްމަދު ސޯލިހަކީ ދިވެހިރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް. ހަމައެކަނި ތަންދޮރު ނޭނގެނީކީ ނޫން، ބިރުވެރި ވެސް ކަމެއް. ހަމަ ބިރުވެރި ވެސް ކަމެއް،" އީވާ ވިދާޅުވި އެވެ.
މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހެޅުމާއެކު އީވާ އިއްޔެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމާއެކު އިތުރަށް ކުރިއަށް ނުދެވޭނެ ކަމަށް އޭނާ ނިންމެވީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު ދިން ހަމަލާއަށްފަހު އެވެ.
މި ލިއުމާއި ގުޅޭ