Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ކުޅުދުއްފުށި ގެއެއްގެ ފާހާނާ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ކުޅުދުއްފުށީގެ ގެއެއްގެ ފާހާނާ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

އެމީހާ ފާހާނާއަށް ވަދެ ނުނިކުމެ ގިނަ އިރުވެގެން ބެލި އިރު ފާހާނާ ތެރެއަށް ވެއްޓިފައި އޮތުމުން ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފަ އެވެ. ނިޔާވެފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ނިޔާވީ ގުދުރަތީ މަރަކުން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ