Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ނަޝީދު ނިޔާޒަށް: ތިޔަ އެއްލައިލަނީ ދޭލިޔާ މުހައްމަދުބެގެ ދަރި!

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ޢަބްދުﷲ ވަކިކުރަން އުޅުމާ ގުޅިގެން އެމްޑީޕީގެ ޕީޖީން އެހެލަނީ ދޭލިޔާ މުހައްމަދުބެ ދަރިފުޅުކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ރައީސް މުޙައްމަދު ނަޝީދު މެސެޖެއް ރައްދުކުރައްވައިފިއެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރުމަށް 50 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދުވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ. އެ ހުށަހެޅުމުގައި ފާހަގަކުރި ގޮތުގައި އީވާވަނީ އެމްޑީޕީގައި ދެމިހުރުމަށް މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުން ސޮއިކުރެއްވި އިޤުރާރާ ޚިލާފުވެވަޑައިގެންފައެވެ.

އަދި އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީގެ ސަރުކާރަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުން އެއްބާރުލުން ދެއްވަންވާނެކަމަށް ޕާޓީގެ އަސާސީ ޤަވާއިދުގައި ބުނެފައިވާއިރު އެކަމާވެސް އީވާ ޚިލާފުވެވަޑައިގެން އިދިކޮޅު ފަރާތްތަކާއެކު ސަރުކާރު ބަލިކަށިކުރުމަށް މަސައްކަތްކުރައްވާކަމަށް އެމްޑީޕީން ތުހުމަތުކުރިއެވެ.

އެ ތުހުމަތުތަކާއެކު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިތުބާރު އީވާއަށް ނެތްކަމަށް ބުނެ އޭނާ މަޖިލީހުގެ ނައިބުރައީސްކަމުން ވަކިކުރުމަށް އެ ޕާޓީގެ ފަރާތުން މިއަދު މަޖިލީހަށް މައްސަލައެއް ވެއްދުމާއެކު ރައީސް ނަޝީވަނީ ހުޅުމާލޭ ދާއިރާގެ މަޖިލިސް މެންބަރު ނިޔާޒަށް ރައްދުކުރައްވައި މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް މެސެޖެއް ފޮނުއްވާފައެވެ.

"ނިޔާ ތިޔަ ކުރައްވާ ކަން ހަނދާނުގައި ބަހައްޓަވާތި. ދޭލިޔާ މުހައްމަދުބެގެ ދަރި އެއްލާލަނީ،" ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.

ދޭލިޔާ މުހައްމަދު ނުވަތަ ދޭލިޔާ ޢަބްދުﷲއަކީ އީވާގެ ބައްޕާފުޅެވެ. އޭނާއަކީ ރައީސް އިބްރާހީމް އަދި އަލީ ނިޔާޒާވެސް އާއިލީ ގޮތުން ތިމާގެ ބޭފުޅެކެވެ. އީވާއަކީ ރައީސް ނަޝީދު އަދި ރައީސް އިބްރާހީމާވެސް އާއިލީ ގޮތުން ގުޅިފައިވާ ބޭފުޅެއް ނަމަވެސް އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެ ސިޔާސީ ވާދަވެރިކަން ބޮޑުވިއިރު އީވާ ހުންނެވީ ރައީސް ނަޝީދުގެ ފަޅީގައެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެފައިވަނީ "ބުނަންތަ ވާހަކައެއް. މަޖިލީހުގައި ދޭލިޔާ މުހައްމަދެއް ތުއްތުމަނިކެއް އެހެން މީހެއް ނޯންނާނެ" ކަމަށެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ނިންމީ 11 އިތުރު މެންބަރަކާއެކު އޭނާ އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އަދި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.

އީވާއާއެކު އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރުންނަކީ ރައީސް ނަޝީދު އިސްވެ ފެއްޓެވި "ފިކުރެއްގެ ދިރުން" ހަރަކާތަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އެ ބޭފުޅުންވަނީ "ދި ޑިމޮކްރެޓްސް"ގެ ނަމުގައި އައު ޕާޓީއެއް ހެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން، އެ މަސައްކަތް ފައްޓަވާފައެވެ.

މި ލިއުމާއި ގުޅޭ