Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އިވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހުށަހަޅަނީ

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރާ މައްސަލަ ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅާނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އީވާ މަގާމުން ވަކިކުރަން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާއިރު "ދިޔަރެސް"އިން އެކަމާ ގުޅިގެން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އިވާގެ މައްސަލަ އަދި މަޖިލީހަށް ހުށަ ނާޅާކަމަށާއި ނަމަވެސް މިއަދުގެ ވަގުތެއްގައި އެ މައްސަލަ ހުށަހަޅާނެކަމަށެވެ.

އަސްލަމް ވިދާޅުވީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވީ ކިތައް މެންބަރުންކަން މައްސަލަ ހުށަހެޅުމަށް ފަހު ހާމަކުރައްވާނެކަމަށެވެ.

ސަރުކާރާ މެދު ދެބަސްވުން ބޮޑުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެފައެވެ. އެ މެންބަރުން ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ.

މި ލިއުމާއި ގުޅޭ