Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ކެންދޫ ދާއިރާގެ އެއްވެސް ރަށެއްގައި ނަރުދަމާގެ މަސައްކަތް ނުނިމޭ: އަލީ ހުސައިން

ކެންދޫ ދާއިރާގެ އެއްވެސް ރަށެއްގައި މި ސަރުކާރުން ނަރުދަމާގެ އެއްވެސް މަސައްކަތެއް ނުނިންމުނުކަމަށް ރައްޔިތުން މަޖިލީހުގެ އެ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ ލ. ކުނަހަންދޫގެ ނަރުދަމާއާއި އެ ރަށުގެ އިންޖީނުގޭގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ފެނާ ނަރުދަމާގެ ނޭޅި ލަސްވާ މައްސަލައަކީ ވަކި ރަށަކަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫންކަމަށާއި ކެންދޫ ދާއިރާގައި ހަ ރަށް އިތް އިރު އެއިން އެއްވެސް ރަށެއްގައި ނަރުދަމާ ނުނިމޭކަމަށެވެ.

"މިއީ ވަކި ރަށެއް ނޫން ހުރިހާ ރަށެއްގެވެސް ހާލަތު، ހަމަ ވެލާ ބިސް އަޅަން ކޮނެލާހެން ތަންތަން ކޮނެފަ އެތަނުގައި މަދިރި ފަނި ހެދުނީމާ އަނެއްކާ ފަސް ލާފަ ދަނީ، ދަރަވަންދޫގައި އެގޮތަށް، ކެންދޫގައި އެގޮތަށް ކަމަދޫގައި އެގޮތަށް ކިހާދޫ ދޮންފަނު ކުޑަރިކުލުގަވެސް ހަމަ އެގޮތަށް" އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޑަރިކިލުގައި ކުރީގައި ނަރުދަމާއެއް އަޅާފައި އޮތީމާ ނަރުދަމާއެއް އޮތްކަމަށާއި ނަމަވެސް އެ ނަރުދަމާ ރަނގަޅު ކުރުމާ އެފަދަ އެއްވެސް މަސައްކަތެއް މި ސަރުކާރަށް ނުކުރެވުނުކަމަށާއި މި ސަރުކާރުން ކުޑަރިކުލުގައި އަޅާފައި އޮތް ނަރުދަމާއެއް ނޯންނާނެކަމަށެވެ.

އަލީ އިތުރަށް ވިދާޅުވީ ފެނާ ނަރުދަމާ އެޅުމަކީ މި ސަރުކާރުން މާގަދައަކަށް ކުރާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކާއިރު ދަރަވަންދޫ ފިޔަވާ ކެންދޫ ދާއިރާގެ އެއްވެސް ރަށެއްގައި މި ސަރުކާރުން ފެނުގެ ނިޒާމް ފޯރުކޮށްދީފައި ނެތް ކަމަށެވެ.

"ދަރަވަންދޫ ފެނާ ނަރުދަމާގެ ނިޒާމަކީ މިދިޔަ ސަރުކާރުން ފައްޓާ ބޮޑުބައި ނިންމާފައި އޮތް ޕްރޮޖެކްޓެއް، އެހެންވީމާ ކަންނޭނގެ މި ސަރުކާރަށް އެ ނިންމާލެވުނީ" ދަރަވަންދޫ ފެނުގެ ނިޒާމް މަސައްކަތް މި ސަރުކާރަށް ނިންމާލެވުނު ސަބަބު ހާމަކުރައްވަމުން އަލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެން އެ ދާއިރާގައި މި ސަރުކާރަށް ނިންމާލެވުނު ބޮޑު ޕްރޮޖެކްޓަކީ ކުޑަރިކިލާއި ކިހާދޫ އަދި ދޮންފަނުގެ ބަނދަރުގެ ޕްރޮޖެކްޓްކަމަށާއި އެ ތިން ޕްރޮޖެކްޓަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ލޯނު ހޯދާ ސޮއި ކޮށްފައި އެގްރިމެންޓް ހަދާ އަދި ފައިސާވެސް ހޯދާފައި އޮތް ޕްރޮޖެކްޓްތަކެއްކަމަށެވެ.

އަލީ ހުސައިންގެ މުޅި ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ