Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަމިއްލަ ވިޔަފާރިތައް

އަމިއްލަ ކުންފުންޏަކުން ސުކޫކު ވިއްކައިގެން 20 މިލިއަން ރުފިޔާ ހޯދައިފި

ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޕްރައިވެޓް ސެކިއުރިޓީސް ސެގްމެންޓް، ވިޔަނަ ޕޯޓަލް ގައި ސުކޫކް ވިއްކައިގެން އެއް މަހުގެ ތެރޭގައި 20 މިލިއަން ރުފިޔާ ހޯދައިފި އެވެ.

މެޑިޓެކް ގްރޫޕުން ވިނަވި ޕޯޓަލް މެދުވެރިކޮށް މިދިޔަ މަހުގެ 19 ގައި ސުކޫކް ވިއްކަން ހުޅުވާލީ 30 މިލިއަން ރުފިޔާ ހޯދުމަށެވެ. މިދިޔަ ބުރާސްފަތު ދުވަހު ސުކޫކް ވިއްކުން ހުއްޓާލިއިރު، 20 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ސުކޫކް ވިއްކައިގެން ލިބޭ ފައިސާ މެޑްޓެކް އިން ހަރަދު ކުރާނީ އެފަރާތުން ބުނި ގޮތުގައި ހުޅުމާލޭގައި ހެލްތު އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކޮށް ހިންގުމަށެވެ.

މެޑްޓެކްގެ ސުކޫކްގެ މުއްދަތަކީ ހަތް އަހަރު ދުވަހެވެ. އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު، އެ ސުކޫކުން ނުވަ ފަސެންޓުގެ ފައިދާ އެއް ލިބޭނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެ އެވެ.

އެ ކުންފުނީގެ ސުކޫކް ވިއްކަން ހުޅުވާލުމުގެ ހުރިހާ ކަމަކާއި މާކެޓް ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ފައިނޭސް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕްރޭޝަން އިން އެވެ.

މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ ޔޫރޯ މާކެޓިންގެ ބޮންޑު ވިއްކައިގެން 25 މިލިއަން ރުފިޔާ ހޯދައިދީފަ އެވެ. އެއީ ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ބޮންޑު ވިއްކި ފުރަތަމަ ފަހަރެވެ.

ސުކޫކްގެ ފައިދާ ބިނާވާނީ އެ ވިއްކައިގެން ލިބޭ ފައިސާ އިން ކުރާ އިންވެސްޓުމަންޓުގެ ފައިދާ އާ ގެއްލުމުގެ މައްޗަށެވެ. މެޑްޓެކްގެ ސުކޫކް ވިކުމާއި ގުޅިގެން ފަސްޓް ނެޝަނަލް އިން ނެރުނު ބަޔާނެއްގައި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓަށް ލިބުނު ކުރިއެރުމެއް ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ.

ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ ޔޫރޯ މާކެޓިންގެ ބޮންޑާއި މެޑްޓެކްގެ ސުކޫކް ވިއްކުމަކީ ބޭންކުން ލޯނު ނެގުމަށްވުރެ ފައިސާ ހޯދަން ލުއި ގޮތެކެވެ. އަދި މެޑިޓެކް އިން ހޯދި ކާމިޔާބީގެ ސަބަބުން އެހެން ފަރާތްތަކުން ވެސް ސުކޫކާއި ބޮންޑު ވިއްކުމަށް ޝައުގުވެރި ވާނެ ކަމަށް ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ