Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޖައްވަށް ދިޔަ ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓް ސްޕޭސް ސްޓޭޝަނަށް ދަތުރުކޮށްފި

ޖައްވަށް ދިޔަ ފުރަތަމަ އަންހެން އަރަބި އެސްޓްރޮނޯޓް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދަތުރުކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އެމެރިކާއިން ސްޕޭސް އެކްސް ފެލްކަން 9 ރޮކެޓެއްގައި ދަތުރުކުރި އެކްސިއޯމް ސްޕޭސްގެ ދެވަނަ ޕްރައިވެޓް މިޝަންގައި ހިމެނޭ ސައޫދީ ދެ މީހުންގެ ތެރޭގައި ރަޔާނާ ބަރްނަވީ ހިމެނިފައިވާއިރު އޭނާއަށްވަނީ ޖައްވަށްދަތުރުކުރި ފުރަތަމަ އަންހެން އެސްޓްރޮނޯޓްގެ ޝަރަފް ލިބިފަ އެވެ.
އުމުރުން 34 އަހަރުގެ ބަޔޯމެޑިކަލް ސައިންޓިސްޓު އައިއެސްއެސްގެ އޯބިޓްގައި 10 ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވާ އިރު، ސްޓެމް ސެލް އާއި އުރަމަތީގެ ކެންސަރުގެ ދިރާސާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އޭނާގެ އުއްމީދަކީ މެދުއިރުމަތީގެ ހުރިހާ ބެކްގްރައުންޑެއްގެ އަންހެނުންނަށް ހިތްވަރު ދިނުމެވެ.
އައިއެސްއެސްއަށް ދިއުމުގެ ކުރިން ޖައްވުގައި ނަގާފައިވާ ވީޑިއޯއެއްގައި އޭނާ ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް މުސްތަގުބަލް ވަރަށް އުޖާލާ ކަމަށެވެ. އަޅުގަނޑު އެދެނީ ބޮޑު ހުވަފެނެއް ދެކެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، އިންސާނިއްޔަތަށް އީމާންވުމަށެވެ.
އަބްސިއޯމް މިޝަން 2 ގައި ބަރްނަވީގެ އަރިހުގައި ސައުދީ މިޝަން ސްޕެޝަލިސްޓް އަލީ އަލްކަރްނީ އާއި ޖައްވަށް ދިޔަ ގަލްފުގެ ދެވަނަ ފިރިހެން އެސްޓްރޮނޯޓް އަލީ އަލްކަރްނީ އާއި އެމެރިކާގެ ދެ މީހަކާއި ކޮމާންޑަރު ޕެގީ ވިޓްސަން އާއި ޕައިލެޓް ޖޯން ޝޯފްނަރ މި ޚާއްޞަ ދަތުރުގައި ބައިވެރިވެ އެވެ.
ފްލޮރިޑާގެ ކޭޕް ކެނަވެރަލްގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުން ފޮނުވާލި ފެލްކަން 9 ރޮކެޓުގެ މަތީގައި އިން ސްޕޭސް އެކްސްގެ ޑްރެގަން ޖައްވީ އުޅަނދުގެ ތެރޭގައި ފަޅުވެރިން ޖައްވަށް ދަތުރުކުރީ އާދީއްތަ ދުވަހު ޖީއެމްޓީން 21:37 ގަ އެވެ.
އެކްސިއޯމް ސްޕޭސް އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޑްރެގަން އައިއެސްއެސްއާ އެކު އަމިއްލަ އަށް ބަނދަރުކުރީ ހޯމަ ދުވަހުގެ 13:12 ގައި ކަމަށެވެ.
އޯބިޓިން ލެބޯޓްރީގައި ފަޅުވެރިން ހޭދަކުރާ މުއްދަތުގައި ސައިންސާއި ޓެކްނޮލޮޖީގެ 20 އަށް ވުރެ ގިނަ ތަހުލީލުތައް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ޖައްވުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ވާރޭ ވެހުމުގެ ޓެކްނޮލޮޖީގެ ދިރާސާއެއްވެސް ކުރާނެ ކަމަށެވެ.
ބަރްނަވީގެ އެކްސްޕެރިމެންޓްތައް ބިނާކޮށްފައި ވަނީ ރިޔާޒުގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގެ ސްޓެމް ސެލް އެންޑް ޓިޝޫ ރީ އިންޖިނިއަރިން ޕްރޮގްރާމްގެ ރިސާޗް ލެބް ޓެކްނީޝަނެއްގެ ގޮތުގައި ފާއިތުވި ނުވަ އަހަރުގެ ތެރޭގައި އޭނާ ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ މައްޗަށެވެ.
ދާދި ފަހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެކަމަނާ ވިދާޅުވީ ޖައްވަށް ދިޔަ ސައުދީގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓަކަށް ވުމަކީ " ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް" ކަމަށެވެ.
އަދި ކުޑަކުދިންނާ ވީޑިއޯ ލިންކްއަޕްތައް މެދުވެރިކޮށް އައިއެސްއެސްގައި އޭނާގެ ތަޖުރިބާ ހިއްސާކުރަން އުއްމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސައޫދީ-އެމެރިކާގެ އެރޯސްޕޭސް އިންޖިނިއަރެއް އަދި ސައޫދީ ސްޕޭސް ކޮމިޝަންގެ އެޑްވައިޒަރު މިޝާލް އަޝްމިމްރީ ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ އަމާޒަކީ ސައިންސްގެ ޒަރިއްޔާއިން މުޅި އިންސާނިއްޔަތަށް މަންފާ ހޯދައިދިނުން ކަމަށެވެ.
މި ލިއުމާއި ގުޅޭ