އިސްރާއީލުގެ ޗެނަލް 12 އިން ބުނީ ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ އެގައުމުގެ މުސްލިމް ރައްޔިތުން ގެންދިއުމަށް ތެލްއަވީވް އާއި ސައުދީ އެއާޕޯޓާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އިޒްރޭލުގެ ދެ އޮފިޝަލަކާ ހަވާލާދީ ޓީވީ ސްޓޭޝަނުން ވަނީ މަޝްވަރާތަކާ ގުޅިގެން ސައޫދީ ޕޮޒިޓިވިޓީގެ އިޝާރާތެއް ދީ، "ސައޫދީގެ އެއްބާރުލުމާއި ހިތްވަރުން" ކޮންޓެކްޓްތައް ބާއްވަމުން އަންނަ ކަމަށް ބުނެފަ އެވެ.
އަދި ބެން ގުރިއަން އެއާޕޯޓާއި ސައުދީ އަރަބިއްޔާއާ ދެމެދު ސީދާ ދަތުރުތައް ބޭއްވުމަށް އިސްރާއީލުން މިހާރު ވެސް ވަނީ އުރުދުން އާއި ބަހްރެއިންގެ އެއާލައިންތަކަށް ހުށަހަޅައިފަ އެވެ.
ރިޔާޒުން އަދި އެއްބަސްނުވި ނަމަވެސް ޗެނަލް 12 އިން ބުނެފައި ވަނީ ސައޫދީން ބޯޓަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އިޒްރޭލުގެ އޭރުގެ ބޮޑުވަޒީރު ޔައިރު ލަޕިޑް މިދިޔަ އަހަރު ވިދާޅުވެފައި ވަނީ އާބާދީގެ 18 އިންސައްތަ އަކީ މުސްލިމުން ކަމަށްވާ އިޒްރޭލުން ސީދާ ހައްޖު ދަތުރުތަކަށް ސައޫދީގެ ރުހުން ހޯއްދަވާފައިވާ ކަމަށެވެ.
ފަލަސްތީނުގެ ވެރިރަށް ތެލްއަވީވްއިން ޖިއްދާއަށް ފުރުމުގެ ހުއްދަ ދިނުމަށް ސައޫދީން ޝަރުތުކޮށްފައިވާ ކަމަށް ޗެނަލް 12 އިން ބުނެއެވެ.
އިޒްރޭލުން އެފަދަ އެދުމަކަށް ރުހުން ދިނުން ބިނާވާނީ އެގައުމުގެ ޝިން ބެން އިންޓާނަލް ސެކިއުރިޓީ ސާވިސް އިން ބުނާ އެއްޗެއްގެ މައްޗަށެވެ.
އިސްރާއީލްގައި ދިރިއުޅޭ މުސްލިމުން ހައްޖަށް ފޮނުވުމަށް ކަމަށްބުނެ އިސްރާއީލުން ސީދާ ދަތުރުތައް ސައޫދީއަށް ފަށަށް މަސައްކަތް ކުރަމުންދާއިރު، ފަލަސްތީނާއި ، ހުޅަނގު އައްސޭރިން ޔާހޫދީން ހިފާފައިވާ ބިންތަކުގައި ތިބި މުސްލިމުންނަށް އިޒްރޭލުގެ ރަށްވެހިކަން ނެތްއިރު، އިޒްރޭލުގެ ތެރޭގައި މިނިވަންކަމާއެކު ހިނގާބިނގާވެ ނޫޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާއިން މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަ ދޭނީ އިޒްރޭލުން ސީދާ ކުރާ ކޮންމެ ފްލައިޓެއް ބޭނުން ކުރުމުގެ ހުއްދަ އެކަންޏެވެ. އިޒްރޭލުގެ އެދުމަށް ރިޔާޒުން ފެހި ސިގްނަލް ދީފިނަމަ 1948 ގައި އިސްރާއީލުން ހިފާފައިވާ ބިންތަކުން ފަލަސްތީނުގެ 4،500 މީހުންނަށް އަންނަ މަހު ހައްޖަށް ދެވޭނެ ކަމަށް ޗެނަލް 12 އިން ބުނެ އެވެ.
މިއަހަރު ހައްޖުގެ އަޅުކަން އޮންނާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޖުލައި މަހުގެ ކުރީކޮޅާ ހަމައަށެވެ.