Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ކަޒަކިސްތާން އަތުން އަންހެން ވޮލީ ޓީމު ބަލިވެއްޖެ

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު ކަޒަކިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ރާއްޖެ އާއި ކަޒަކިސްތާނުގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ އުޒްބެކިސްތާން އަދި ސްރީ ލަންކާ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ހަވީރު 5:45 ގައި ވާދަކުރާނީ އުޒްބެކިސްތާނާ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހުގެ ހަވީރު ވާދަކުރާނީ ލަންކާއާ އެވެ.

މުބާރާތުގެ އަނެއް ގްރޫޕުގައި ހިމެނެނީ ނޭޕާލް އާއި ކިރްގިސްތާނުގެ އިތުރުން އިންޑިއާ އަދި ބަންގްލަދޭޝް އެވެ.

ރާއްޖެ އަތުން ހޯދި ފަސޭހަ މޮޅުގައި ކަޒަކިސްތާން ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ކަޒަކިސްތާނުން ގެންދިޔައީ 25-16 އިންނެވެ. ދެ ވަނަ ސެޓު ކަޒަކިސްތާނުން ގެންދިޔައީ 25-14 އިންނެވެ. ކަޒަކިސްތާން މޮޅު ކަށަވަރުކުރީ ފަހު ސެޓު 25-06 އިން ކާމިޔާބު ކޮށްގެންނެވެ.

މެޗުން ބަލިވިއިރު ސެޓަކަށް ފަހު ސެޓެއްގައި ރާއްޖޭގެ ކުޅުން ދިޔައީ ދަށްވަމުންނެވެ. ފަރަގު ކުޑަކޮށް ފުރަތަމަ ދެ ސެޓު ނިންމާލެވުނު ނަމަވެސް ފަހު ސެޓުގައި ރާއްޖޭގެ ޓީމުގެ ކުޅުން ފެނުނީ ވަރަށް ދަށްކޮށެވެ. ފުރަތަމަ ދެ ސެޓު ހޯދުމަށް ފަހު، އުޒްބެކިސްތާނުން ފަހު ސެޓު ބޮޑު ތަފާތަކުން ގެންދިޔައީ އިތުބާރާ އެކު ކުޅެގެންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ ފުރަތަމަ މެޗުގައި އުޒްބެކިސްތާން ވަނީ ލަންކާގެ މައްޗަށް ތިން ސެޓުން ކުރި ހޯދައިފަ އެވެ.

މި މުބާރާތުގައި ދިވެހިރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ވާދަކުރާ ހުރިހާ މެޗެއް މީޑިއާނެޓުގެ އައިސް ޓީވީ މެދުވެރިކޮށް ފެންނާނެ އެވެ. އަދި މީޑިއާނެޓު ފޯން އެޕްލިކޭޝަން އެމް.އެސް ޑިޖިޓަލް މެދުވެރިކޮށް ކޮންމެތާކު ހުރެވެސް މެޗުތައް ވަގުތުން ބަލާލެވޭނެ އެވެ.

މި ލިއުމާއި ގުޅޭ