Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ބަޚްމުތު ގެއްލުނުކަން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ކަށަވަރުކޮށްދީފި

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ވާ ވެގްނާ ޕްރައިވެޓް އަސްކަރިއްޔާގެ ސިފައިން ބަޚުތުމް ސިޓީ އަތުލާފައިވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ރިޕޯޓްކޮށްފައި ވަނިކޮށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާދީއްތަ ދުވަހު ވިދާޅުވީ ބަޚްމުތު އޮތީ މިހާރު ހަމައެކަނި އަޅުގަނޑުމެންގެ ހިތުގައި ކަމަށެވެ.
ޖަޕާނުގެ ހިރޯޝިމާގައި ބޭއްވި ގްރޫޕް އޮފް ސެވަން ސަމިޓްގައި ރައީސް ޖޯ ބައިޑަންއާ އެކު ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އެ ސިޓީ ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެސިޓީގައި މިހާރު އެއްވެސް ކަމެއް ނެތްކަން ވިސްނަން ޖެހޭ ކަމަށެވެ.
"މިއަދު ބަޚްމުތު އޮތީ ހަމައެކަނި އަޅުގަނޑުމެންގެ ހިތުގައި،" އޭނާ ވިދާޅުވި އެވެ. މިތަނުގައި އެއްވެސް އެއްޗެއް ނެތެވެ.
ޓެލެގްރާމް ޗެނަލްގައި ރަޝިއާގެ ވުޒާރާއިން މިހެން ބުނެފައި މިވަނީ ވެގްނާގެ ވެރިޔާ ޔެވްޖެނީ ޕްރިގޯޒިން އެފަދަ ވާހަކައެއް ދެއްކިތާ ގާތްގަނޑަކަށް 8 ގަޑިއިރު ފަހުންނެވެ. އޭރު ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން ދިޔައީ ބަޚްމުތުގެ ދިފާއުގައި ހަނގުރާމަތައް ކުރިއަށްދާ ކަމަށެވެ.
ޔޫކްރެއިންގެ އިރުމަތީގައި އޮންނަ އެ ސިޓީއަށް 8 މަސް ވަންދެން ކުރި ހަނގުރާމައަކީ ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ދިގު އަދި އެންމެ ލޭއޮހޮރުވި ހަނގުރާމަ އެވެ.
އެ ސިޓީގެ ސޯވިއެޓް ޒަމާނުގެ ނަން ބޭނުންކޮށްގެން ރަޝިއާގެ ވުޒާރާއިން ބުނީ އާޓިއޮމޮވްސްކް ޓެކްޓިކަލް ޑައިރެކްޝަނުގައި، ދެކުނުގެ ހަނގުރާމައިގެ ޖަމާއަތުގެ އާޓިލަރީ އާއި އޭވިއޭޝަންގެ އެހީގައި ވެގްނާ ޕްރައިވެޓް މިލިޓަރީ ކުންފުނީގެ އެސޯލްޓް ޓީމުތަކުން ވަނީ އާޓިއޮމޮވްސްކް ސިޓީ މިނިވަންކޮށް ނިމިފައި ކަމަށެވެ.
ކްރެމްލިންގެ ޕްރެސް ސަރވިސްއާ ހަވާލާދީ ރަޝިޔާގެ ދައުލަތުގެ ނޫސް އޭޖެންސީތަކުން ބުނެފައިވަނީ އާޓިއޮމޮވްސްކް މިނިވަން ކުރުމަށް ހިންގި އޮޕަރޭޝަން ނިމުމުން ވެގްނަރ އެސޯލްޓް ޑިޓެޗްމަންޓްތަކާއި ރަޝިޔާގެ އަސްކަރިއްޔާގެ ޔުނިޓްތަކުގެ އެންމެހާ ސިފައިންނަށް ރައީސް ލަޑިމިއާ ޕޫޓިން މަރުހަބާ ދަންނަވާ ކަމަށެވެ.
ޓެލެގްރާމްގައި މީގެ ކުރިން އާންމުކުރި ވީޑިއޯއެއްގައި ވެގްނާގެ ވެރިޔާ ޔެވްޖެނީ ޕްރިގޯޒިން ވިދާޅުވީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު އެ ސިޓީ މުޅިން ރަޝިއާގެ ބާރުގެ ދަށަށް އައިސްފައިވާ ކަމަށެވެ.
ބަޚްމުތުގެ ވަށައިގެން 8 މަހަށްވުރެ ގިނަ ދުވަސް ވަންދެން ދެފަރާތުގެ ކުރިމަތިލުންތައް ހިނގަމުން ދިއައެވެ.
ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ޑޮނެޓްސްކް ސަރަހައްދުގެ ބާކީ އޮތް ބައި ހިފެހެއްޓުމުގެ ބޮޑު މަސައްކަތާ ރަޝިއާ ސިފައިންނަށް އަދިވެސް ކުރިމަތިލާން ޖެހިދާނެ އެވެ.
ބަޚްމުތުގެ ހަނގުރާމައިގައި ބޮޑު އަގެއް ދީފައިވަނީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެއެވެ. ރަޝިއާ އާއި ޔޫކްރެއިންއަށް ވެސް އެތައް ހާސް ބައެއްގެ ގެއްލުމެއް ލިބިފައިވާ އިރު، މަރުވި މީހުންގެ އަދަދު އެއްވެސް ގައުމަކުން ހާމަކޮށްފައެއް ނުވެ އެވެ.
ޒެލެންސްކީ މިދިޔަ މާޗް މަހު އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ބަޚްމުތުގެ ދިފާއުގައި ވާހަކަ ދެއްކުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ބަޚްމުތު ގެއްލުމުގެ ސަބަބުން ކިޔެވް ގަބޫލުނުކުރެވޭ ފަދަ އެއްބަސްވުންތަކެއް ހަދަން ޖެހިދާނެ އެއްބަސްވުމަކަށް ބައިނަލްއަގުވާމީ ތާއީދު ހޯދުމުގެ ފުރުސަތު ރަޝިޔާއަށް ލިބިގެންދާނެ ކަމަށެވެ.
ބަޚްމުތު ގެއްލުމަކީ ޔޫކްރޭނަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑުގެއްލުމެއް ކަމަށާއި ރަޝިޔާއަށް ޓެކްޓިކަލް ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި ނަމަވެސް ހަނގުރާމައިގެ ނަތީޖާއަށް ނުކުންނާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
މި ލިއުމާއި ގުޅޭ