Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

މަސައްކަތުން އެކަހެރިކުރި ވެމްކޯގެ އެމްޑީ އަލުން ވަޒީފާއަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ސަސްޕެންޑު ކުރި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، ޔޫސުފް ސިރާޖް އަލުން ވަޒީފާއަށް ނުކުންނަވައިފި އެވެ.

ސިރާޖް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ މުސާރައާ އިނާޔަތް ލިބޭ ގޮތަށް، ދެ ހަފްތާއަށެވެ.
އޭނާ މަސައްކަތުން އެކަހެރިކުރި 14 ދުވަސް ހަމަވުމުން ސިރާޖް މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޕީސީބީން ބުނި ގޮތުގައި، އޭނާ ސަސްޕެންޑުކުރީ ގަވަރްނަންސްއާ ގުޅޭ މެނޭޖްމަންޓުގެ މައްސަލައެއްގަ އެވެ. އެ މައްސަލަ ނިމެންދެން ސިރާޖް މަގާމުން ތަނާޒުލްކޮށްފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބޯޑުން ނިންމާފައިވާތީ މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް ދެ ހަފުތާއަށް މަސައްކަތުން އެކަހެރިކުރީ ކަމަށް ޕީސީބީން އޭރު ބުންޏެވެ.
އެނގިފައިވާ ގޮތުގައި ސިރާޖް ސަސްޕެންޑުކުރީ ވެމްކޯއިން ތަހުގީގު ކުރަމުންދާ އެ ކުންފުނީގެ އެތެރޭގައި ހިނގި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް ނުފޫޒު ފޯރުވި މައްސަލައެއްގަ އެވެ.
ސިރާޖް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުރި މުއްދަތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ވަފުދަކާއެކު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފަ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ވެމްކޯއިންވެސް އަދި މިނިސްޓްރީންވެސް އެއްވެސް ޖަވާބެއް ނުދިނެވެ.
މި ލިއުމާއި ގުޅޭ