Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޮލީ ބޯލް

އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން އާބަންކޯއިން ހޯދައިފި

އޮފީސް/ކޮމްޕެނީ ތަކަށް ޚާއްސަ ކޮށްގެން ވޮލީބޯޅަ އެސޯސިއޭޝަނުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ސީދާ ތިން ސެޓުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ބަލިކޮށް އާބަންކޯއިން ހޯދައިފިއެވެ.

ރޭ ސޯޝަލް ސެންޓަރު އެތެރެ ހޯލުގައި ކުޅުނު ފައިނަލް މެޗުގެ ސެޓުތައް އާބަންކޯ އިން ގެންދިޔައީ 25-21، 25-21 އަދި 25-16 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިޝާން މުހައްމަދު(ބަޓިޝް) އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާބަންކޯ އިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި އޮފީސް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ފަހު، ސެމީ ފައިނަލާއި ފައިނަލް ކުޅުނީ ސޯޝަލް އިންޑޯގަ އެވެ. އިންޑޯ އަށް ބަދަލުކުރީ ވިއްސާރައިގެ ސަބަބުން ސެމީ މެޗުތައް ފަސްކުރަން ޖެހުމުންނެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ އާބަންކޯގެ އިސްމާއިލް ސާޖިދް(ކުޑަކާއްޓެ) އެވެ. އެންމެ މޮޅު ކޯޗަކީ އާބަންކޯގެ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް އާބަންކޯގެ ލަސިންދު ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކީ އާބަންކޯގެ އަހުމަދު މުޒުލިފް އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، އާބަންކޯގެ ފައިރޫޒް އާއި ބަޓިސް، ވެމްކޯގެ ހުޒަންޓެ އާއި ހުސެއިން ޔޫސުފް (ޓޯއި) އަދި އެމްއެންޑީއެފްގެ އާދަމް ނަސީމް (އެޑަމް) އާއި ހުސެއިން ރައްޒާން އެވެ.

މި ލިއުމާއި ގުޅޭ