Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

އެޕްލިކޭޝަން ހެދުމަށްފަހު ދޭންޖެހޭ ފައިސާ ނުދީ ކަޓަށް ޑިމާންޑުކުރާ ވާހަކަ އެމްޑަބްލިއުއެސްސީން ދޮގުކޮށްފި

އެމްޑަބްލިއުއެސްސީއަށް ބޭނުންވާ އެޕްލިކޭޝަނެއް އުފައްދައިދިން، ކުންފުންޏަކަށް ދޭންޖެހޭ ފައިސާ ނުދީ ކަޓު ހޯދުމަށް އެމްޑަބްލިއުއެސްސީގެ މެނޭޖަރުން ޑިމާންޑުކުރާ މައްސަލަ އެ ކުންފުނިން މީސްމީޑިއާގައި ހާމަކޮށްފައިވާތީ އެކަން އެކުންފުނިން ދޮގުކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ޕާޓިކަލްސް" ކިޔާ ކުންފުންޏަކުން އެކުންފުންޏަށް ބޭނުންވާ އެޕްލިކޭޝަނަށް ދޭންޖެހޭ ޕޭމަންޓް ނުދީ ހިފައްޓާފައިވާ ކަމަށް އެކުންފުނިން ބުނާތީ އެމައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލާފައިވާ ކަމަށެވެ.

އެގޮތުން ބެލި ބެލުމުން އެމްޑަބްލިއުއެސްސީގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން އެފަދަ ކަމެއް ހިނގައިފައި ނުވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. އަދި "ޕާޓިކަލްސް" އާ އެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ލަސްވުމެއްނައިސް ބަރާބަރަށް ދައްކަމުންދާ ކަމަށެވެ.

ޕާޓިކަލްސް ކުންފުން ކުރި ޓުވީޓުގައި ބުނެފައިވަނީ އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ޓެގުކޮށް ބުނެފައިވަނީ އެ ކުންފުންޏަށް ބޭނުންވާ ޓްރާންސްޕޯޓު މެނޭޖުމެންޓު ސޮފްޓުވެއާއެއް ޕާޓިކަލްސްއިން އެމްޑަބްލިއުއެސްސީއަށް ހަދައިދީފައިވާ ކަމަށެވެ.

ނަމަވެސް އެ ސޮފްޓުވެއާ ހަދައިދިނުމުގެ އަގު ހޯދުމަށް އެމްޑަބްލިއުއެސްސީގައި އާދޭސްކުރަންޖެހިފައިވުމަކީ ހިތާމަހުރި ކަމެއްކަމަށްވެސް ޕާޓިކްލްސްގެ ޓުވީޓުގައި ބުނެފައިވެއެވެ. އަދި އިތުރަށް އެ ފައިސާ ހޯދުމަށް އެމްޑަބްލިއުއެސްސީގެ އައިޓީ މެނޭޖަރުންނަށް ފައިސާތަކެއް ކަޓުގެ ގޮތުގައި ނުދެވޭނެކަމށްވެސް ޕާޓިކަލްސްއިން ބުންޏެވެ.

ސަރުކާރުގެ ކުންފުނިތަކަށް އެކި މަސައްކަތްކޮށްދީ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާ ނުދިނުމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ފެނަކަ ކުންފުނިން އެކަނި 1.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ވިޔަފާރިތަކަށް ފޯރުކޮށްދޭންޖެހި ނުދީ އެބަހުއްޓެވެ.

މި ލިއުމާއި ގުޅޭ