ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން އަންނަ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ގޮސްފައިވާކަމަށެވެ.
އަދި އެ ޕާޓީން މުޅި ރާއްޖެއަށް ކުރާ ދަތުރުގައި ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވާ މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނެކަމަށެވެ.
ރިޔާސީ އިންތިހާބު އެމްޑީޕީއަށް އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެފައިވާއިރު އެ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސް އިބްރާހިމް މިފަދައިން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ތިއްބެވި މަޖިލީހުގެ 12 މެންބަރުންގެ އިތުރުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.