Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީން ކުޅުދުއްފުށީގައި ނެގި ދިދަ ކަނޑާލައިފި

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުމަށް ބޭއްވި ހަރަކާތްތަކުގައި ތެރެއިން ހދ. ކުޅުދުއްފުށީގައި ނެގި ދިދަ ކަނޑާލައިފިއެވެ.

އެމްޑީޕީން ކުޅުދުއްފުށީގައި ނެގި ދިދަ ކަނޑާލީ ކޮންބައެއްކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެރަށް ނިސްބަތްވާ ގިނަ އެމްޑީޕީ މެންބަރުން ތިބީ ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައިކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން މި ފަހުން އެމްޑީޕީން ވަކިވެ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" އާ ގުޅުނު މެންބަރުންގެ ތެރޭގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހިމެނިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

ރަށްރަށުގައި އެމްޑީޕީން ދިދަ ނެގުމަށް ބޭއްވި ހަރަކާތުގައި ބޭނުންކުރި ދިދަދަނޑިތައް ތައްޔާރުކޮށްފައިވަނީ ފެނަކަ ކުންފުންޏާއި ސްޓެލްކޯއިންނެވެ. އެކި ރަށްރަށުގައި ހުރި އެ ކުންފުނިތަކުގެ އިމާރާތްތަކުގައި އެ މަސައްކަތްކުރީ އެ ދެ ކުންފުނީގެ މުވައްޒަފުންނެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހަލުއިކޮށް ރަށްރަށުގައި މަސައްކަތް ފެށީ އެ ޕާޓީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވާނެކަން އިއުލާނުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.
ރަސްމީކޮށް އެމްޑީޕީގެ ޓުވިޓާ އެކައުންޓުން ބުނެފައިވަނީ އެ ޕާޓީން ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ބޭއްވި ކަމަށެވެ. އަދި އެ ހަރަކާތުގައި އެ ރަށްރަށުގައި އުޅޭ އެމްޑީޕީގެ އާންމު މެންބަރުން ބައިވެރިވިކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވީ މިއަދުގެ ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ. އެ ޕާޓީން ރިޔާސީ އިންތިޚާބަށް ސަފުތައް ރުކުރުވައިލާ ތައްޔާރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ