Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

އަމިއްލަ ޝަހްސީ ކަންތައްތަކުގައި ރުޅި އައިސްގެން ނުވާނެ: ހުތުބާ

އަމިއްލަ ޝަހްސީ ކަންތައްތަކުގައި ރުޅި އިސްކޮށްގެން ނުވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

"ރުޅިމަތަކުރުމުގެ ޖަޒާއަކީ ސުވަރުގެ" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ރުޅިމަޑު ކަމަކީ ﷲ ލޯބިވެވޮޑިގަންނަވާ އައި އެކަލާނގެ ރަސޫލާ (ޞ) ލޯބިފުޅުވާ ސިފައެއް ކަމަށެވެ. އަދި ތަގްވާވެރިންނަކީ ﷲ ފެ ހަޟްރަތުގައި މަތިވެރި މަގާމެއް ލިބިފައިވާ ބައެއް ކަމަށެވެ.

"ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ވަދެވޭ ހުއްޓެވެ!" ކީރިތި ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނި ގޮތުގައި ރުޅި މަތަކުރުން އެހާ މުހިންމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ.

ކީރިތި ރަސޫލާ (ޞ) އަކީ އެކަލޭގެފާނުގެ ޝަހްސީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރެއްވި ބޭކަލެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ ﷲ ގެ އަޅުން ނަމޫނާއަކަށް ބަލަންޖެހޭނީ ރަސޫލާ (ޞ) ކަމަށެވެ. އެހެނަސް އެކަލޭގެފާނަކީ މާތް ﷲ ގެ ހުރްމަތަކަށް އަރައިގަނެވޭ ހިނދު ކޯފާ ގަފަ ބޭކަލެއް ކަމަށް ހުތުބާގައި ބުންޏެވެ.
އެހެންކަމުން މާތް ﷲ ގެ އަޅުތަކުން އެމީހެއްގެ އަމިއްލަ ޝަހްސީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެ ކަމަށާއި ގަނެ ވިއްކުމުގެ މުއާމަލާތްތަކާއި އެކުވެރިކަމާއި އަވައްޓެރި ކަމުގައިވެސް ރުޅި އިސްކޮށްގެން ނުވާނެ ކަމަށް ހުތުބާގައިި ބުންޏެވެ.
"ކީރިތި ރަސޫލާ (ޞ) ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ. އެހެންވެ، ކޯފާ އިސްނުކުރުމަށް ރަސޫލާ (ޞ) އެކަލޭގެފާނުގެ ސަހާބީންނަށް ވަސިއްޔަތް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނި ގޮތުގައި ޝައިތާނާ އަބަދުވެސް މަސައްކަތް ކުރަނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި ކުށް ފާފަތައް ކުރުވާށެވެ. އެއީ މިއަދު އިންސާނާ ކުރާ އަމަލުތަކުން ގިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެތީ އެވެ.
މާޒީން މިސާލު ނަންގަވައި ހުތުބާގައި ބުނި ގޮތުގައި އިސްލާމީ އުންމަތަކީ ރުޅި އިސްނުކުރާ، ހިލްމުވެރި އުންމަތެކެވެ. އަދި މާތް ﷲ އަށް ހައްގު ގޮތުގައި ތަގްވާވެރިވުމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ.
މި ލިއުމާއި ގުޅޭ