Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީރިޔާ

އަރަބި ލީގު ސަމިޓަށް އަސަދު ހިމެނޭ ގޮތަށް ލީޑަރުން ޖިއްދާއަށް ވަޑައިގެންފި

ރިޔާޒް - ސޫރިޔާގެ ރައީސް ބައްޝާރު އަސަދު ހިމެނޭ ގޮތަށް ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ލީޑަރުންގެ ސަމިޓަށް އަރަބި ލީޑަރުން ޖިއްދާއަށް ވަޑައިގަންނަވަން ފަށައިފި އެވެ.
އެގޮތުން އެންމެ ފުރަތަމަ ވަޑައިގެންނެވީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއެވެ. އޭގެއިތުރުން ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާތީއާއި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއި، ބަހްރެއިންގެ ރަސްގެފާނު ހަމަދުއާއި، ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލްގެ ރައީސް ރަޝާދު އަލް އަލީމީއާއި، މޮރިޓޭނިއާގެ ރައީސް މުހައްމަދު އުލްދު ގަޒޫއާނީއާއި، އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ފޯ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒް ސައްޔިދު އަސްއަދު ބިން ތާރިކް އަލް ސައީދުއާއި އަދި ޓިއުނީޝިއާގެ ރައީސް ކައިސް ސައިދުވެސް ވަނީ ޖިއްދާއަށް ވަޑައިގެންފައެވެ. އަދި ސުރިއާގެ ރައީސް ބައްޝާރުލް އަސަދުވެސް މިހާރުވަނީ މި ސަމިޓަށް ޓަކައި ޖިއްދާއަށް ވަޑައިގެންފައެވެ.
ބަހްރައިންގެ ރަސްގެފާނު ޖިއްދާގެ ބަނދަރު ސިޓީއަށް ވަޑައިގަތުމަށްފަހު ވިދާޅުވީ މި ސަމިޓަކީ އަރަބި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ލީޑަރުން މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށް، ޖޮއިންޓް ކޯޑިނޭޝަން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި ސަމިޓުގައި ބައިވެރިވުމަށް ބަހްރެއިންއަށް ދައުވަތު ދެއްވިކަމަށްޓަކައި ސަލްމާން ރަސްގެފާނަށް ރަސްގެފާނު ހައްމާދު ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ތައުރީފު ކުރެއްވި އެވެ.
މައްކާ ސަރަޙައްދުގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް ބަދުރު ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް ވެސް މިދެބޭފުޅުންނަށް މަރުޙަބާ ދެންނެވިއެވެ.
ހުކުރު ދުވަހު ބާއްވާ އަރަބި ލީގުގެ ސަމިޓުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ބައިވެރިވެވަޑައިގަންނަވާއިރު، އަރަބި ލީޑަރުގެ ސަމިޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ވަރުގަދަ ބަހުސްތަކެއް ވަނީ ފަށައިފަ އެވެ.
އަރަބި ލީޑަރުންނާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އެއްތަނަކަށް ވަޑައިގެން ބާއްވާ މި ސަމިޓުގެ މަގްސަދަކީ ސީރިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދައިދީ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރެވޭނެ މަގުތައް ދެނެގަތުމެވެ.
ސަމިޓްގައި އަސަދު ހިމެނުމަށް ނިންމި ނިންމުމުން ދޭހަވަނީ އަރަބި ބައެއް ގައުމުތަކުން ސޫރިޔާ ސަރުކާރާ މެދު ދެކޭ ގޮތް އަލުން އިވެލުއޭޓް ކުރަމުން އަންނައިރު ޑިޕްލޮމެޓިކް ޑައިނަމިކްސް އަށް އަންނަ ބަދަލެވެ.
މި ސަމިޓަކީ މަޝްވަރާއާއި ޑިޕްލޮމެޓިކް ކުރިއެރުންތައް ހޯދުމުގެ ޕްލެޓްފޯމެއް ކަމަށް ވާއިރު، ސޫރިޔާގެ ހަމަނުޖެހުންތަކުގައި އަސަދުގެ ލީޑާޝިޕާއި އޭނާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިޔާ ފަރާތްތަކުގެ މެދުގައި ވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.
މި ސަމިޓުގެ ނަތީޖާއަކީ ސީރިއާއާއި ފުޅާ އަރަބި ދުނިޔޭގެ މުސްތަގުބަލު ބައްޓަންކުރުމުގެ ފުރުޞަތު އޮތް ސަމިޓެއް ކަމަށާއި، މިއީ ސަރަޙައްދީ ހަމަޖެހުމާއި ޖިއޮޕޮލިޓިކަލް ޑައިނަމިކްސްއަށް ވަރަށް މުހިންމު އަދި ގާތުން ބަލަމުންދާ ހަރަކާތަކަށް ވެގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ލިއުމާއި ގުޅޭ