Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި ޓްރެފިކްކުރުން

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފ. ފިލިތެޔޮ ކައިރިން ފުލުހުން މިއަދު ހޯދައިފި އެވެ.

ފުލުހުން ބުނީ ފުލުހުން ގޮސް ފިލިތެޔޮ ކައިރި ބެލީ މަސްތުވާތަކެތި ފައްތާފައި ހުރި ކަމުގެ ރިޕޯޓެއް ލިބިގެން ކަމަށެވެ. ފުލުހުން އެތަނަށް ގޮސް ބެލިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ފެނުނު ތަކެތީކެ ބަރުދަނެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެ ހުރިހާ އެއްޗެއް ވެސް ކަނޑުން ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކޮންމެ އިންތިޚާބަކާ ދިމާކޮށް ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމުގެ އަޑުތައް އަބަދުވެސް އަޑުއިވެއެވެ.

މި ލިއުމާއި ގުޅޭ