Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިމްތިޔާޒު ފަހުމީ

ޑިމޮކްރަސީ ހަލާކު ކުރަމުންދަނީ މިހާރު ބަޔަކު ޖަލަށްލައިގެންނެއް ނޫން، މުޅިން އެހެން ސިފައެއްގައި: އިންތި

މިސަރުކާރުން ޑިމޮކްރަސީ ހަލާކު ކުރަމުންދަނީ މިހާރު ބަޔަކު ޖަލަށްލައިގެންނެއް ނޫން ކަމަށާއި މިހާރު އެކަން ކުރަމުންދަނީ މުޅިން އެހެން ސިފައެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ދެކަފިވެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ "ފިކުރެއްގެ ދިރުމުގެ" މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް އެމްޑީޕީ ދޫކޮށް އެޕާޓީން ވަކިވާން ނިންމަވައިފައެވެ. އެކަން އިއުލާނު ކުރެއްވުމަށް އެމެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް އިބްރާހިމް މުޅި ޑިމޮކްރަޓިކް ނިޒާމް ހަލާކު ކޮށްލައިފި ކަމަށެވެ.

"މާބައިވަރު މީހުންނެއް ޖަލައް ލައިގެންނެއް ނޫން މާ ހީލަތްތެރި މަކަރުވެރި ގޮތަކަށް ޑިމޮކްރަޓިކް ނިޒާމް ހަލާކު ކުރަމުން މިދަނީ" އިންތި ވިދާޅުވިއެވެ.

އެގޮތުން ޑިމޮކްރަޓިކް ނިޒާމް ހަލާކު ކުރަމުދާ ކަމުގެ މިސާލެއްގެ ގޮތުން އިންތި ވިދާޅުވީ މީގެ ކުރިން އެނގިފައިވަނީ މުދާ ގަނެ ވިއްކާ ކަމެވެ. ނަމަވެސް އެމްޑީޕީއަކީ މިހާރު އިންސާނުން ގަނެ ވިއްކާ ޕާޓީއެއް ކަމަށް އިންތި ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނުގުޑާނެ. އަޒުމެއް ނުގުޑާނެ. އަޅުގަނޑުމެންނެއް ލާހިކައެއް ނޫން ގަނެލާކަށް" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް މިހާރު ބޭނުން ކުރަމުންގެންދާ ކަމަށެވެ. އެކަން ކުރަނީ ނޫސްވެރިންނާއި އެންމެންނަށް އެނޭގެ ފަދައިން ކަމަށެވެ. އަދި މީޑީއާގެ މިނިވަންކަން ދުވަހެއް ދުވަހަކަށް ދަށަށް ދަމުންދާ ކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވީ އެއީ އޭނާ ބޭނުވި އެމްޑީޕީއިން ކުރާނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ހާމަކޮށްދެއް ވަމުން އިންތި ވިދާޅުވީ ކޮރަޕްޝާންގެ އިންޑެކްސްއިން އިންވެސް ރާއްޖެ ދުވަހެއް ދުވަހަކަށް ދަނީ ވެއްޓެމުން ކަމަށެވެ.

ރައީސް އިބްރާހިމްގެ މި ވެރިކަމާއެކު ރާއްޖެ މިދަނީ ޑިމޮކްރަސީގައި ދުވަހެއް ދުވަހަކަށް ފަހަތައް ކަމަށް އިންތި ވިދާލުވިއެވެ.

މި ލިއުމާއި ގުޅޭ