މާލެއިން މީހަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، އަލީ އާތިފް ސާފީ ނަކަމަށް ކިޔާ 30 އަހަރުގެ ފިރިހެނެކެވެ.
އެ އިދާރާއިން ބުނީ މެއި 12 ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށެވެ.
އަލީ އާތިފް ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ޑިޕާޓްމަންޓްތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، އޭނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް އެ އިދާރާއިން ބުނިގޮތުގައި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އާތިފް ހޯދިފައެއް ނުވެއެވެ.
އާތިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.