Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ސްޕްރީމް ކޯޓުން ނިންމި ނިންމުން ޑރ. ޖަމީލް ތަފްސީލް ކޮށްދެއްވައިފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގައި ސްޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން، އެކަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބު ލިބިވަޑައިގެންނެވިގޮތް އެމަނިކުފާނުގެ ގާނޫނީ ޓީމްގައި އެންމެ އިސްކޮށް އުޅުއްވާ، ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ތަފްސީލް ކޮށްދެއްވައިފި އެވެ.

ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ސްޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އެދިލެއްވީ ވ.ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައިގައި ހެކި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށާއި އަދި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުގެ ހެކި އެމަނިކުފާނުގެ ވަކީލުންނާ ހިއްސާ ކޮށްދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ސްޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އަދި ދިފާއީ ހެކިން ހޯދުމަށް އެދޭ ހުރިހާ މައުލޫމާތެއް ހިއްސާ ކުރުމަށް ގާޒީ ވަނީ ޕީޖީގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ފޮނުވަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.

ޑރ. ޖަމީލް ވިދާޅުވީ ނޫސްތަކުގައި އެމައްސަލަ ރިޕޯޓް ކުރުމާއި ގުޅިގެން ރައީސް ޔާމީން އަށް އެކަމުގައި ނާކާމިޔާބުވީކަމަށް ހީކޮށް ވަރަށް ގިނަ މީހުން އެމަނިކުފާނާ ވަރަށް ގިނަ ސުވާލުތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޖަމީލް އިތުރަށް ވިދާޅުވީ މައްސަލައި ސްޕްރީމް ކޯޓުން ލަސްވި ވިސަބަބަކީ ވަކީލުން ބޭނުންވާ ނަތީޖާ ނެރުމުގައި ފަނޑިޔާރުންނަށް އެމައްސަލަ ރަނގަޅަށް ބެލުމަށް ފުރުސަތު ދިނުމެވެ.

ފުއްގިރި މައްސަލާގައި ޝަރީޢަތުގެ ކުރިން ރައީސް ޔާމީނުގެ ފަރާތްޕުޅުން ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށަހެޅި ނަމަވެސް އެ ހެކިތައް ބަލައިގަންނަން އެ ކޯޓުން ނިންމިއެވެ. އެ ނިންމުން ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ ކުރިމިނަލް ކޯޓުގެ ނިންމުން ސައްހަ ކަމަށެވެ. ހެކި ބަލައިގަތުމަށް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވީ ވަކިވަކިން ހެކިތައް ބަލައިގަންނަން ފަނޑިޔާރު ނިންމެވި ސަބަބު ބަޔާންކުރައްވާފައިނުވާތީއެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގެ ގޮތެއް ނިންމުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔާގައިވަނީ ހެކި ބަލައިގަތުމަށް ކޯޓުން ނިންމުމުގައި ބަލަންޖެހޭ ކަންކަން ތަފުސީލުކޮށް ބަޔާންކުރައްވާފައެވެ. އެގޮތުން ހެއްކަކީ މައްސަލައިގެ ވާގިއާތަކާ ގުޅޭ ހެކިކަކަމަށް ބެލޭނެ ހާލަތްތަކާއި ގުޅުމެއް ނެތްކަމަށް ބެލޭނެ ހާލަތްތައް ތަފުސީލުކޮށް ސުއޫދު ބަޔާންކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ